Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 00:17
ޖޭޕީ ލީޑަެު ގާސިމް އިބްރާހީމް
ޖޭޕީ ލީޑަެު ގާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ގާސިމް
ގާސިމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި
ގާސިމް ހައްޔަރު ކުރުމުގައި އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވޭތޯ ކަށަވަރު ކުރުމަށް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފަ
ހައްޔަރު ކުރުމުގެ މައްސަލަ މިދަނީ ގާތުން ބަލުމުން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅިގެން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގާސިމްގެ ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގާސިމް އިބްރާހީމް ހައްޔަރު ކުރުމުން އެ ޖަމްއީއްޔާއިން ވަރަށް ކަންބޮޑުވާ ކަމަށެވެ.

އެގޮތުން އައިޕީޔޫގެ ޓްވީޓްގައި ބުނެފައި ވަނީ ގާސިމް ހައްޔަރު ކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހަމައެހެންމެ ގާސިމް ބަންދާ ގުޅިގެން ކުރާ ހުރިހާ ކަމެއް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި އުސޫލްތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އައިޕީޔޫއިން ވަނީ ގޮވާލާފައެވެ. އަދި ގާސިމް ހައްޔަރު ކުރުމުގެ މައްސަލަ އައިޕީޔޫއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ޖަމްއީއްޔާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ގާސިމް ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ވަނީ ޖަހާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް