Advertisement
ކ. މާލެ
|
21 އޭޕްރިލް 2017 | ހުކުރު 23:08
ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވެ މުޅިން އަނދާފައި
ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވެ މުޅިން އަނދާފައި
ރާއްޖެއެމްވީ
ފިޔޯރީ
ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ
މިރޭ 12 ކުރިން ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ
ގއ. ދެއްވަދޫ އިން އިތުރު ޖެނަރޭޓަރެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން
އަލިފާނުގެ ހާދިސާގައި މަރުވި ކުއްޖާގެ އާއިލާ އަށް އިނާޔަތް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން

ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑިފައިވާއިރު ވީއެންމެ އަވަހަކަށް އެ ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އެޗްއާރުހެޑް އިދުރީސް އަބްދުﷲ ވިދާޅުވީ ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގއ. ދެއްވަދޫ އިން ޖެނެރޭޓަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން އިދުރީސް ވިދާޅުވީ މަސައްކަތް ކުރަމުން ދިޔައީ ހުކުރު ދުވަހު އިރުއޮއްސުމުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ފެނަކައިގެ ޓީމަށް އިންޖީނުގެ އަށް ވަދަވޭގޮތް ވެފައި ނުވާތީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ވަކިވަގުތެއް ބުނަން ނޭނގޭ ކަމަށް އިދުރީސް ވިދާޅުވިއެވެ.

އިދުރީސް ވިދާޅުވީ އިންޖީނުގެ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެން ކަމުން ކަރަންޓު ފޯރުކޮށްދެވޭނެ ވަކިވަގުތެއް ދަންނަވަން އެނގޭނީ އިންޖީނުގެ އަށް ވަދެވި މަސައްކަތް ފެށުމުން ކަމަށް އިދުރީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ފޮރިންސިކް ޓީމެއް ފިޔޯރީ އަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެހެން ކަމުން މިރޭ 12 ކުރިން ވެސް ފިޔޯރީ އަށް ކަރަންޓު ނުދެވޭނެ ކަމަށް އިދުރީސް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ފިޔޯރީ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ ތިން ޖެމަރޭޓަރު ބޭނުން ކޮށްގެން ކަމަށެވެ. އެގޮތުން ފިޔޯރީގައި ބޭނުން ކުރަމުން ދިޔައީ 250 ކިލޯގެ ޖަނެރޭޓަރަކާއި 70 ކިލޯގެ ޖަނަރޭޓަރެއްގެ އިތުރުން 80 ކިލޯގެ ޖަނަރޭޓަރެއް ކަމަށެވެ. އަދި ހަލާކުވެފައި ވަނީ 250 ކިލޯގެ ޖަނަރޭޓަރު ކަމަށް އިދުރީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 80 ކިލޯގެ ޖަނަރޭޓަރަށް ވެސް މައްސަލަ ޖެހިފައިވާ ކަމަށާއި އަދި 70 ކިލޯގެ ޖަނަރޭޓަރަކީ މުޅި ރަށަށް ކަރަންޓްގެ ދެވޭވަރުގެ ޖަނަރޭޓަރެއް ނޫން ކަމަށް އިދުރީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިދުރީސް ވިދާޅުވީ 250 ކިލޯގެ ޖަނަރޭޓަރުގެ ހަލާކުވެފައި ވަނީ އޭގެ ބެޓެރީ ޕެނަލް ކަމަށާއި ނަމަވެސް އެ ޖަނަރޭޓަރު މަރާމާތު ކޮށްގެން ބޭނުން ކުރެވޭނެ ކަމަށް އިދުރީސް ވިދާޅުވިއެވެ.

އިދުރީސް ވިދާޅުވީ އިންޖީނުގޭގައި ރޯވި ނަމަވެސް އިންޖީނުގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ނުވާ ކަމަށެވެ.

މި ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކު ވަނީ މަރުވެފައވެެ. އަލިފާނުގެ ހާދިސާގައި މަރުވި ނާޒިރު އަބްދުﷲއާ ބެހޭ ގޮތުން އިދުރީސް ވިދާޅުވީ އޭނާގެ އާއިލާ އަށް އިނާޔަތް ދިނުމަށް ފެނަކައިގެ މެނޭޖްމެންޓުން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް