Advertisement
ކ. މާލެ
|
21 އޭޕްރިލް 2017 | ހުކުރު 06:20
އެމްޑީޕީން ލ. އަތޮޅުގައި ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީން ލ. އަތޮޅުގައި ބޭއްވި ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ލާމަރުކަޒީ ނިޒާމް
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
ކޮށްދެއްވިކަމެއް ނެތްއިރު އިންތިޚާބު ބޯމަތިވުމުން ރަށްރަށް އަރާ، ވޯޓް ދޭށޭ ބުނުމުން އެ ވޯޓް ނުލިބޭނެ
މި ނިޒާމް ގެނައީ އެމްޑީޕިގެ ވެރިކަމުގައި، ރައީސް އަބްދުﷲ ޔާމީން ނިޒާމަށް ބީރައްޓެހިވާނެ

ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ، އެމަނިކުފާނު ދަނީ ލާމަރުކަޒީ ނިޒާމް ހަލާކުރުރަމުންކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

 

ޝިފާޒް މިފަދައިން ވިދާޅުވި، ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ލ. އަތޮޅު ގަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

 

ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، އެމްޑީޕީގެ ވަފުދަށް ލ. އަތޮޅުންކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ވެރިކަމުގައި ތިއްބެވީ، ލާމަރުކަޒީ ނިޒާމަށް ބީރަށްޓެހި ބޭފުޅުންތަކެއްކަމަށް ޝިފާޒް ވިދާޅުވި އެވެ. އެހެންކަމުން އެ ނިޒާމަށް ބީރަށްޓެހި ބަޔަކު ކުރާނީ ކޮން ކެމްޕެއިނެއްތޯ ޝިފާޒު ވަނީ ސުވާލު ކުރައްވާފަ އެވެ.

 

"ރައީސް ޔާމީނު ވެރިކަމަށް އެރީއްސުރެ މި ނިޒާމަށް ދަނީ ޖެއްސުން ކުރަމުން" ޝިފާޒު ވިދާޅުވިއެވެ.

 

ޝިފާޒް ވިދާޅުވީ އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެކަން އެނގޭތީ، މި ސަރުކާރުން ރަށްރަށަށް ކުރަމުންދާ ކެމްޕެއިނު ތަކުގައި ވަޒީފާގެ ބިރުދައްކަމުންގެންދާކަމަށެވެ. ޝިފާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ގެނައުމަށް ޤާނޫނު ހަދާ މަޖިލީހުގައިވެސް ރައީސް އަބްދުﷲ ޔާމީން އެއްވެސް ކަމެއްކޮށްދެއްވާފައިނުވާއިރު، އިންތިހާބާއި ކައިރިކޮށް އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް ވޯޓު ނުލިބޭނެ ކަމަށެވެ.  

 

ޝިފާޒް ވިދާޅުވީ، ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ކުދި ވިޔަފާރީގެ ނިޒާމަށް ސަރުކާރުން ދިޔައީ އެތަށް ޖެއްސުމެއް ކުރަމުންނެވެ. އެކަމަކު ކައުންސިލް އިންތިޚާބު ކައިރިމަތިވުމުން ވިޔަފާރިވެރިންނަށް މާ ރަނގަޅުބޭފުޅަކަށްވެ، ޓެކްސް ޖޫރިމަނާ ދެއްކެވިޔަސް އެއީ އިޚުލާސްތެރިކަމާއި އެކު ކޮށްދެއްވާ ކަންކަން ނޫންކަމަށް ޝިފާޒް ވިދާޅުވިއެވެ. އެކަން ސާފުވާ ކަމަކީ، އެ ވިޔަފާރިވެރިޔާއަށް ޓެކްސް މައާފްކޮށްދިނުމަށްފަހު ދެން ވިޔަފާރިވެރިޔާގާތު ދަރުބާރު ފެކްޝަނަށް ސޮއިކުރުމަށް އެދޭއެދުންކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

ޝިފާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ގެނައީ އެމްޑީޕިގެ ވެރިކަމުގައިކަމަށާއި، އެ ނިޒާމު ދަމަހައްޓާނީވެސް އެމްޑީޕީންކަމަށެވެ. އޭނާ ވިދާޅުވީ، ކައުންސިލްތައް އުފެއްދީ ރައްޔިތުން ބާރުވެރިކުރުވުމަށެވެ. އެހެންކަމުން ދެންވެސް އަންނަ އިންތިޚާބެއް ކާމިޔާބުކުރެވިއްޖެނަމަ، އެބޭފުޅުންގެ ވެރިކަމެއްގައި، ކައުންސިލް ތަކަށް އަލުން އަނބުރާ އެ ބާރުވެރިކަން ހޯދައިދޭނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް