ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 22:21
އިލެކްޝަންސް ކޮމިޝަނުގެ އޮފީސް
އިލެކްޝަންސް ކޮމިޝަނުގެ އޮފީސް
ގޫގުލް
ވޯޓާސް ލިސްޓު އާއްމުކުރުން
ވޯޓާސް ލިސްޓު އާއްމުކޮށްފި، ވޯޓުލުމުގެ ހައްގު 255،000 މީހުންނަށް!
އިންތިހާބުގައި 1497 ކެންޑިޑޭޓުން ކުރިމަތިލާފައިވޭ
ޖުމްލަ 422 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ
އިންތިހާބުގައި ވޯޓިލުމުގެ ހައްގު 255987 މީހުންނަށް ލިބޭ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓްރީ އާއްމުކޮށްފި އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓްރީ އާންމުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބަށް 1497 ކެނޑިޑޭޓުން ވާދަކުރާއިރު، ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަަދަކީ 255،987 އެވެ. އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ އަޅާބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު  16882ވަނީ އިތުރު ވެފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި އޮތީ އޭޕްރީލް 16-18 އަށެވެ. 

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީއާއި ޖުމްހޫރީޕާޓީން ވަނީ، ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ސޮއި ނުކުރުމަށް ނިންމާފަ އެވެ.

މިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ސުޕްރީމު ކޯޓުގެ ރޫލިންގައި ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ވަނީ އަންގާފަ އެވެ. އެހެން ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހުރިހާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ހުރިހާ ކެންޑިޑޭޓުން ސޮއި ނުކުރި ނަމަވެސް ގިނަ ކެންޑިޑޭޓުން ސޮއި ކުރުމާއި ގުޅިގެން ސުޕްރީމްކޯޓުގެ ހުއްދައާއި އެކު އިންތިހާބު ވަނީ ބާއްވާފަ އެވެ.

- ކޮމެންޓް