Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 19:29
ކްރިމިނަލް ކޯޓް: މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން
ކްރިމިނަލް ކޯޓް: މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން
މުހައްމަދު ޝަރުހާން
ވެސްޓާން ޔޫނިއަން
ވެސްޓާން ޔޫނިއަނުން ފޭރުނު މައްސަލައިގައި ތިން ވަނަ މީހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި
މީގެ ކުރިން ދެ މީހެއްގެ މައްޗަށް ދައުވާކުރި
އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން
ފައިސާ ފޭރިގަތީ މުވައްޒަފުން ބަނދެ، ވަޅިން ބިރުދެއްކުމަށް ފަހު

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސްޓާން ޔޫނިއަން މަނީ ޓްރާންސްފާއިން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފި އެވެ.

 

ވެސްޓާން ޔޫނިއަނުން ފައިސާ ފޭރިގަތް މައްސަލައިގައި މީގެ ކުރިން ދެ މީހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފައިވެ އެވެ. އެގޮތުން ދައުވާ ކޮށްފައި ވަނީ ފ. މަގޫދޫ، ދިއްގަރު، މުހައްމަދު ފައިރޫޒާއި ގއ. ކޮނޑޭ، ސީނުގޭ، އަލީ ޝަނީޒްގެ މައްޗަށެވެ.

 

އެ ދެ މީހުންގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރުކޮށްގެން ބާއްވާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

 

އެ ދެ މީހުންގެ މައްޗަށް ދައުވާކުރި ފަހުން، ފ. މަގޫދޫ، ވައިޓްރޯސް އާދަމް ޝާހީންގެ މައްޗަށް ވެސް ޓެރަރިޒަމުގެ ދައުވާ ކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.

 

އާދާމް ޝާހީނުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށް، މައްސަލަ ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް، ވެސްޓާން ޔޫނިއަނުން ފޭރުނު މައްސަލައިގައި ފުރަތަމަ ދައުވާ ކުރި ދެ މީހުންގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ގޮތަށް، އާދަމް ޝާހީނުގެ މައްސަލަ ވެސް ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

 

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަން އޮފީހަށް ވަދެ އެތަނުގެ މުވައްޒަފުން ބަނދެ، ވަޅިން ބިރުދައްކައި، ފައިސާ ފޭރިގަތީ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ރޭ 14:45 ހާއިރު އެވެ.

 

ވެސްޓާން ޔޫނިއަނުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް އިރު، އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި 1.2 މިލިއަން ރުފިޔާ އާއި 321،603 ޑޮލަރު ހޯދާފައި ވެއެވެ. ނަމަވެސް، އެތަނުން ފޭރިގަތް ފައިސާގެ ޖުމްލަ އަދަދު އެނގިފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް