Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 18:30
ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ
ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ
ގޫގުލް
ހައިކޯޓް ރަޖިސްޓްރާ
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި
ރަޖިސްޓްރާގެ މަގާމުން ވަކިކުރި ސަބަބެއް ހައިކޯޓުން ހާމައެއް ނުކުރޭ
މަގާމުން ވަކިކުރީ ބުރާސްފަތި ދުވަހު
މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ އެ މަގާމުން ވަކިކޮށްފި އެވެ.

 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ވެސް އަދާކުރެއްވި ހަސަން އަލީ ރަޖިސްޓްރާގެ މަގާމުން ވަކިކުރި ސަބަބެއް ހައިކޯޓުން ހާމައެއް ނުކުރެ އެވެ.

 

މިކަމާ ގުޅޭ ގޮތުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުން ހަސަން އަލީ ވަކިކޮށްފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް، މަގާމުން ވަކިކުރި ސަބަބެއް ވިދާޅެއް ނުވެ އެވެ.

 

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ހަސަން އަލި އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ކުރިމަތިލެއްވީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް