ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 18:15
އެމްޑީޕީގެ ވަފުދަށް ލ. އަތޮޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި
އެމްޑީޕީގެ ވަފުދަށް ލ. އަތޮޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި
ރާއްޖެ އެމްވީ
އެމްޑީޕީ ލ.ދަތުރު
އެމްޑީޕީގެ ޓީމަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް!
ބޮޑު ޖަލްސާ ބުރާސްފަތި ދުވަހުގެރޭ، 21.00 ގައި ލ.ގަމު އާބާދު ސަރަހައްދުހައި

މޯލްޑިވިއަން ޑިމޮކްރެޓކް ޕާޓީ އެމްޑީޕީން ލ. އަތޮޅުގެ ރަށްތަކަށް ކުރާ ކެމްޕެއިން ދަތުރުގައި، އެމްޑީޕީގެ ޓީމަށް  އެއަތޮޅުން  ހޫނު މަރުހަބާއެއް ކިޔައިފިއެވެފަށައިފިއެވެ.

 

އެމްޑީޕީގެ މި ޓީމް ލ. އަތޮޅަށް އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ މެދުރު 12.20 ހާއިރުއެވެ.

 

އެމްޑީޕީން ބުނީ މީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެޕާޓީން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރުތަކުގެ ތެރެއިން ދަތުރެއްކަމަށެވެ.

 

މިދަތުރުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ކެމްޕެއިން ދަތުރުގައި އެޕާޓީން ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެނޑިޑޭޓުން ތައާރަފްކުރުމާއި އެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކެއްވެސް ވަނީ ރޭވިފައެވެ.

 

މި ދަތުރުގައި ލާމު އަތޮޅު ގަމުގެ އިތުރުން އިސްދޫ ކަޅައިދޫއާއި، މާމެންދޫ، ހިތަދޫ އަދި ފޮނަދޫއަށް މި ޓީމް ޒިޔާރަތް ކުރާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

އެމްޑީޕީގެ މި ކެމްޕެިން ދަތުރުގައި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލްގެ އިތުރުން، އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި މެމްބަރު ރޮޒައިނާ އާދަމްއާއި މެމްބަރު މުހައްމަދު ފަލާހްއި، މެންބަރު އަބުދުﷲ ޝާހިދުގެ އިތުރުން އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަނަނަވައެވެ

 

އެމްޑީޕީގެ މި ދަތުރު ހަމަޖެހިފައިވާގޮތުން ބުރާސްފަތި ދުވަހުގެ 2.00 އިންފެށިގެން ލ. ގަމުގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއިއެކު، ދޮރުން ދޮރަށް ހިނގުމަށް ވަނީ ހަމަޖެހުފައެވެ.

އެމްޑީޕީން ބުނީ، މިދަތުރުގައި ބާއްވާ ބޮޑު ޖަލްސާ ބުރާސްފަތި ދުވަހުގެރޭ، 21.00 ގައި ލ.ގަމު އާބާދު ސަރަހައްދުހައި  އޮންނާނޭކަމަށެވެ.

- ކޮމެންޓް