Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 18:01
ލ. އަތޮޅަށް ޒިޔާރަތްކުރާ އެމްޑީޕީގެ ޓީމް
ލ. އަތޮޅަށް ޒިޔާރަތްކުރާ އެމްޑީޕީގެ ޓީމް
ރާއްޖެ އެމްވީ
އެމްޑީޕީ ލ.އަތޮޅަށް
އެމްޑީޕީން ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކެމްޕެއިން ދަތުރެއް ފަށައިފި
މީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރެއް
މި ދަތުރުގައި ލ.އަތޮޅުގެ 6 ރަށަކަށް ޒިޔާރަތް ކުރާނެ

މޯލްޑިވިއަން ޑިމޮކްރެޓކް ޕާޓީ، އެމްޑީޕީން ލ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރެއް ފަށައިފިއެވެ.

 

އެމްޑީޕީން ބުނީ މީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެޕާޓީން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރުތަަކުގެ ތެރެއިން ދަތުރެއް ކަމަށެވެ.

 

މިދަތުރުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ކެމްޕެއިން ދަތުރުގައި އެޕާޓީން ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެނޑިޑޭޓުން ތައާރަފްކުރުމާއި އެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކެއް ވެސް ވަނީ ރޭވިފައެވެ.

މި ދަތުރުގައި ލ. އަތޮޅު ގަމުގެ އިތުރުން އިސްދޫ ކަޅައިދޫ، މާމެންދޫ، ހިތަދޫ އަދި ފޮނަދޫއަށް މި ޓީމް ޒިޔާރަތް ކުރާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

އެމްޑީޕީގެ މި ކެމްޕެިން ދަތުރުގައި ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލްގެ އިތުރުން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެމްބަރު ރޮޒައިނާ އާދަމް، މެމްބަރު މުހައްމަދު ފަލާހް، މެންބަރު އަބުދުﷲ ޝާހިދުގެ އިތުރުން އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަނަނަވައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް