Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 17:34
ބިހުރޯޒު ކަމަނާ މިސްކިތް
ބިހުރޯޒު ކަމަނާ މިސްކިތް
ބިހުރޯޒު މިސްކިތް
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
ގަބުރު ފެނިފައިވާތީ ގޯތި ތެރޭގައި ނަމާދު ކުރުން މަނާ
މިސްކިތުގެ އެތެރޭގައި ނަމާދު ކުރުން މަނާ ނުކުރޭ
ގޯތި ތެރޭގައި ސަފު ހަދައިގެން ގިނަ ބަޔަކު ނަމާދު ކުރޭ

ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތި ތެރޭގައި ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

 

ރަށްދެބައިމަގާއި ނީލޯފަރު މަގާ ގުޅުނު ކަންމަތީގައި ހުންނަ ބިހުރޯޒު މިސްކިތުގެ ގޯތި ތެރޭގައި ނަމާދު ކުރުން މަނާކޮށްފައި ވަނީ، މިސްކިތުގެ ގޯތި ތެރެއިން ގަބުރު ފެނިފައިވާތީ އެވެ. ގޯތި ތެރޭގައި ނަމާދު ކުރުން މަނާކުރި ނަމަވެސް މިސްކިތުގެ ތެރޭގައި ނަމާދު ކުރުން މިނިސްޓްރީން މަނާކޮށްފައެއް ނުވެ އެވެ.

 

ބިހުރޯޒު ކަމަނާ މިސްކިތަކީ ވަރަށް ޒަމާންވީ މިސްކިތެކެވެ. މާލޭގައި ހުރި އެންމެ ޒަމާންވީ މިސްކިތްތަކުގެ ތެރޭގައި އެ ކުޑަ މިސްކިތް ހިމެނެއެވެ. އެ މިސްކިތުގައި ގިނަ ބަޔަކު ނަމާދުކުރާއިރު، ޖާގަ ކުޑަވުމުގެ ސަބަބުން މިސްކިތުގެ ގޯތި ތެރޭގައި ސަފުތައް ހަދައިގެން ނަމާދު ކުރެ އެވެ.

 

އައްސުލްތާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް އާއި އެ ރަދުންގެ ކޮއްކޯފުޅު، އަލްޣާޒީ ހަސަން ރަންނަބަނޑޭރި ކިލެގެފާނުގެ މަހާނަފުޅު ހުރި ޒިޔާރަތެއް ހުންނަ މި މިސްކިތް ބިނާކުރައްވައިފައިވަނީ ބިހުރޯޒު ފާށަނާކަލޯ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް