ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 11:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ހިމެނޭ ގޮތަށް 12 ކަމެއް މި މަސް ނިމުމުގެ ކުރިން ކޮމިޓީތަކުން ނިންމުމަށް ކަނޑައަޅައިފި
ގިނަ ކަންތައްތަކެއް މި އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހަށް ނިންމުމަށް ވަނީ ކަނޑައަޅާފައި
މިދައުރުގެ ޖަލްސާތައް އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިޔަށްދާނެ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މަސައްކަތްތަކުގެ ތެރެއިން 12 ކަމެއް ނިންމާނެ ސުންގަނޑިތަކެއް ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 153 ވަނަ މާއްދާގެ ދަށުން ކޮމިޓީތަކުން މަސައްކަތް ނިންމުމަށް ސުންގަނޑި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ގިނަ ކަންތައްތަކެއް މި އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

ސުންގަނޑި ކަނޑައެޅި މަސައްކަތްތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ މައްސަލަ މިމަހުގެ 31ށް ނިންމުމަށް ވަނީ ސުންގަނޑި ކަނޑައަޅާފައެވެ. މީގެއިތުރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި ތަފާސް ހިސާބުގެ ބިލް އަދި އިންތިގާލީ އިންސާފުގެ ބިލް ވެސް 31 އޮކްޓޯބަރަށް ކޮމިޓީން ނިންމުމަށް ވަނީ ކަނޑަައަޅާފައެވެ.

އެންއައިސީއަށް ތިން މެމްބަރަކު އައްޔަނު ކުރުމަށް ނަންތައް ދިރާސާ ކުރުން މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މި މަަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިޔަށްދާއިރު 17 މީހެއްގެ ނަން ދިރާސާ ކުރުމުގެ ކަންކަން ކޮމިޓީން އަންނަނީ ކުރަމުންނެވެ. މިހާރު ކުރިޔަށް ދަނީ އިންޓަރވިއުތަކެވެ.

މީގެއިތުރުން ބްރޯޑްކޮމް އިން ޒީނާ ޒާހިރު ވަކި ކުރުމުގެ މައްސަލަ މި މަހުގެ 18 އަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިޔަށްދާނެ އެވެ. ސަރުކާރުން މިހާރު ވެސް ވަނީ މިދައުރަށް 28 ބިލެއް ހުށަހަޅުއްވާނެ ކަަން ހާމަކޮށް ހުށަހަޅާ ބިލްތައް އާންމު ކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ކަންކަން ވެސް މިދައުރުގެ ތެރޭގައި މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިޔަށްދާނެ އެވެ.

- ކޮމެންޓް