ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 09:36
ައައްޑޫ ހޮސްޕިޓަލްއިން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ކުރަމުން
ައައްޑޫ ހޮސްޕިޓަލްއިން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ކުރަމުން
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން އެއް ދުވަސް ތެރޭ މައިބަދައިގެ ފަސް އޮޕަރޭޝަން ކޮށްފި
ހުރިހާ އޮޕަރޭޝަންތައްވެސް ވަރަށް ކާމިޔާބު

އައްޑޫ ސިޓީގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެއް ދުވަސް ތެރޭ މައިބަދައިގެ ފަސް އޮޕަރޭޝަން ކޮށްފިއެވެ.

އޭއީއެޗް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މައިބަދައިގެ ފަސް އޮޕަރޭޝަން ކޮށްފައިވަނީ 5 އޮކްޓޯބަރުވީ ހޯމަ ދުވަހުގައި ކަމަށާއި ހުރިހާ އޮޕަރޭޝަންތައް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.

އޭއީއެޗް އިން ބުނެފައިވަނީ މި އޮޕަރޭޝަން ކޮށްފައިވަނީ ތިނަދޫ އާއި ފުވައްމުލަކުގައި ވެސް މައިބަދައިގެ އޮޕަރޭޝަން ކޮށްފައިވާ ޑރ. ޔޫސުފް ޝާން، ޑރ. ހާޒިމް އަދި ޑރ. މުޙައްމަދު މުންޝިދްގެ ޓީމުން އިސްވެ ތިއްބަވައިގެން ކަމަށެވެ.

އޭއީއެޗްގައި އެންމެ ފުރަތަމަ މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އޭއީއެޗްގެ ފުރަތަމަ ފަހަރަށް މެކްސިލޯ ފޭޝަލް ސަރޖަރީއެއް ހަދައިފައިވަނީ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދެއްވަމުން ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސާދާތު މީގެ ކުރިން ވިދާޅުވެފައިވަނީ ކޮވިޑްއާއި ގުޅިގެން މާލެ ނުގެންގޮސް މިފަދަ އޮޕަރޭޝަންތައް އެ ހޮސްޕިޓަލް އިން ކުރަމުން ގެންދާ ކަމަށެވެ.

އަދި ވީހާވެސް ގިނަ އޮޕަރޭޝަންތައް އެ ހޮސްޕިޓަލް އިން ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޝަރަފް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް