Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 03:15
ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯގެ ބިއުރޯ ޗީފަކަށް ލަންކާގެ މަޝްޙޫރު ނޫސްވެރިޔާ ސަންދުން އަރޯޝާ ފަރނާންޑޯ އައްޔަންކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯގެ ބިއުރޯ ޗީފަކަށް ލަންކާގެ މަޝްޙޫރު ނޫސްވެރިޔާ ސަންދުން އަރޯޝާ ފަރނާންޑޯ އައްޔަންކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖެއެމްވީ
ރާއްޖެޓީވީ
ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި
ސަންދުން އަކީ ލަންކާގެ އެންމެ މޮޅު ނުސްވެރިޔާގެ އެވޯޑް ހާޞީލްކޮށްފައިވާ ނޫސްވެރިއެއް
ދިވެހިންނާ ގުޅުންހުރި ޚަބަރުތައް ގެނެސްދިނުން އަވަސްވެގެން ދާނެ
މީ ރާއްޖެޓީވީއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް

ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯގެ ބިއުރޯ ޗީފަކަށް ލަންކާގެ މަޝްޙޫރު ނޫސްވެރިޔާ ސަންދުން އަރޯޝާ ފަރނާންޑޯ އައްޔަންކޮށްފިއެވެ.

 

މި މަޤާމަށް ސަންދުން އައްޔަންކޮށްފައިވަނީ ބުދަދުވަހު ސްރީ ލަންކާގެ ކޮލަމްބޯގައެވެ. މި މަޤާމަށް ސަންދުން ހަމަޖައްސާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ޓީވީ ޗެނަލަކުން ރާއްޖޭން ބޭރުގައި މިފަދަ މަޤާމެއް ޤާއިމް ކުރި ފުރަތަމަ ފަހަރެވެ.

 

މި މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަންދުން ވިދާޅުވީ، ސްރީ ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ތަނަކަށް ވުމާއި، ލަންކާގައި ދިރިއުޅޭ އެ ފަރާތްތަކުގެ އާއިލާގެ ގިނަ ބަޔަކު ރާއްޖޭގައިވެސް ދިރިއުޅެމުންދަތީ، ސްރީ ލަންކާގައި ކުރިއަށްދާ އެކި ކަންކަމާއި، އަދި ޚާއްސަކޮށް ދިވެހިންނާއި ގުޅުންހުރި ކަންކަމުގެ މަޢުލުމާތު ވަގުތުން ވަގުތަށް ދިވެހިންނަށް ލިބިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.  އެހެން ކަމުން މި އެޅުނު ފިޔަވަޅާއިއެކު އެފަދަ ޚަބަރުތަކާއި މަޢުލޫމާތު ތާޒާކަމާއި އެކު ލަންކާއިން ގެނެސްދެމުން ދާނެކަން ސަންދުން ފާހަގަކުރެއްވިއެވެ.

 

ކޮލަމްބޯ ބިއުރޯގެ ޗީފަކަށް ސަންދުން އައްޔަން ކުރުމާއި ގުޅިގެން ރާއްޖެއެމްވީ އާއި ވާހަކަދައްކަވަމުން، ރާއްޖެ ޓީވީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސަލީމް ވިދާޅުވީ، ރާއްޖެ ޓީވީގެ ބިއުރޯ ޗީފެއް ކޮލަމްބޯގައި އައްޔަން ކުރެވުމަކީ ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ ރައްޔިތުންނާއި ހަމައަށް ތާޒާ ކަމާއި އެކު ޚަބަރު ފޯރުކޮށްދިނުމަށް ރާއްޖެޓީވީއިން ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

 

"ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ތަނަކަށް ވެފައި، ގިނަ ޤައުމުތަކަކުން ރާއްޖެއަށް ކަނޑައަޅާފަ ހުރި އެމްބަސީތައްވެސް ހުރީ ކޮލޮމްބޯގައި ކަމަށް ވުމުގެ އިތުރުން ލަންކާ އަކީ ރާއްޖެއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިނގާ ޤައުމަކަށް ވާތީ، ތާޒާކަމާއެކު ލަންކާއިން ޚަބަރުތައް ގެނެސްދިނުމަކީ ރާއްޖެޓީވީގެ ވަރަށް ބޮޑު އަމާޒެއް. މިއަދު ކޮލަމްބޯ ބިއުރޯގެ ޗީފަކަށް ސަންދުން ކަހަލަ ޒުވާން، ހުނަރުވެރި، ކާމިޔާބު ނޫސްވެރިއަކު އައްޔަން ކުރެވުމަކީ މި އަމާޒަށް ވާސިލް ވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް"، ސަލީމް ވިދާޅުވިއެވެ.

 

ރާއްޖެޓީވީގެ ކޮލޮމްބޯ ބިއުރޯ ޗީފަކަށް އައްޔަން ކުރި ސަންދުން އަކީ 2015 ވަނަ އަހަރު ލަންކާގެ އެންމެ މޮޅު ނުސްވެރިޔާގެ އެވޯޑް ޙާސިލްކުރައްވާފައިވާ ޒުވާން ނޫސްވެރިއެކެވެ. މިހާތަނަށް ސަންދުން މަސައްކަތް ކުރައްވަމުން ގެންދެވީ ލަންކާގެ އެންމެ ބޮޑު އެއް މީޑިއާ ނެޓްވަރކް ކަމުގައިވާ ހިރޫ ނިއުސްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 އޭޕްރިލް 2017 | ބުދަ 23:57
ޕްރިންސެސް
maruhabaa