Advertisement
ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 01:44
އޯޑިއޯން ބިމުގައި ޓާޓާއިން މަސައްކަތް ފަށާފައި
އޯޑިއޯން ބިމުގައި ޓާޓާއިން މަސައްކަތް ފަށާފައި
މުހައްމަދު ޝަރުހާން
ޓާޓާ ފްލެޓްތައް
ނާދީ އާއި އޯޑިއޯންގައި އިމާރާތްކުރާ ފްލެޓްތައް އެޅުމުގެ އެގްރީމެންޓާ ހިލާފެއް ނުވަން: ޓާޓާ
ޓާޓާއިން ވަނީ އެގްރީމެންޓް ދެމެހެއްޓުމަށް ހުރި ފުރުސަތުތައް ބަލާނެ ކަަމަށް ބުނެފަ
ޓާޓާއިން އޯޑިއޯން އަދި ނާދީގައި އެޅުމަށް ހަމަޖެހިފައިވަނީ ލަގްޒަރީ ފްލެޓް

ޓާޓާ އިން އޯޑިއޯން އާއި ނާދީގައި އިމާރާތް ކުރާ ފްލެޓްތަކުގެ އެގްރީމެންޓާއި ހިލާފުވެފައިނުވާނެ ކަމަށާއި، ސަރުކާރުން ބުނެފައިވަނީ ދޮގުވާހަކަތަކެއް ކަމަށް ޓާޓާއިން ބުނެފި އެވެ. 

 

ޓާޓާގެ ސްޕޯކްސްޕާސަން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ނާދީއާއި އޯޑިއޯންގައި އިމާރާތް ކުރާ ފްލެޓްތަކުގެ އެގްރީމެންޓް ބާތިލް ކުރުމަކީ  އެކުންފުނިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކުންފުނިން އަންނަނީ މި އެގްރީމެންޓްގެ ތެރެއިން އޯޑިއޯން އާއި ނާދީގައި އިމާރާތްކުރެވޭ ފްލެޓްތަކުގެ މައުލޫމާތުތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހައުސިން މިނިސްޓްރީއާ ހިއްސާކުރަމުން ކަމަށް ޓާޓާއިން ބުނެ އެވެ.

 

ޓާޓާ އިން ވަނީ  އެކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމުގައިވާ އެޕެކްސް ރިއަލިޓީ އާއި ސަރުކާރާއި ދެމެދު ހެދިފައިވާ އެގްރީމެންޓް ހައުސިން މިނިސްޓްރީގެ އެޕްރޫވަލްއާއި އެކު މި އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު އާކޮށްފައިވާކަން ފާހަގަކޮށްފަ  އެވެ.

 

ސަރުކާރުގެ މި ނިންމުން އެކުންފުނިން އިވެލުއޭޓްކޮށް ހުރި ފުރުސަތުތައް ބަދަލުންދާ ކަމަށާއި އެގްރީމެންޓް ދެމެހެއްޓުމުގައި ކުރެވޭނެ މަސައްކަތްތައްވެސް އެކުންފުނިން ބަލާނެ ކަމަށް ޓާޓާގެ ސްޕޯކްސްޕާސަން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

 

ފްލެޓް އެޅުމުގެ މަސައްކަތް ކުރާ އެޕެކްސް ރިއަލިޓީ ކުންފުންޏަކީ، ޓާޓާ ހައުސިންގ ޑިވެލޮޕްމެންޓާއި ހޮޓެލްސް އެންޑް ރިސޯޓްސް ކޮމްޕެނީ (އެޗްއާރުސީ)އާ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

 

އެއްބަސްވުން ބާތިލްކުރީ ފްލެޓް އަޅަން ދިން މުއްދަތު ފާއިތުވުމާއި ގުޅިގެން، އޭގެ ފަހުން ދިން ނޯޓިސްގެ މުއްދަތު ހަމަވި އިރު ވެސް މަސައްކަތް ފަށާފައި ނުވާ ކަމަށް ބުނެ އެވެ. އެއްބަސްވުން ބާތިލްކުރިކަން ހާމަކުރެއްވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

 

މުއިއްޒު ވިދާޅުވީ ސަރުކާރުން ޓާޓާއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާއެކު ވެސް ޓާޓާއިން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށާއި ޓާޓާއަށް ވެސް ގެއްލުމެއް ލިބުމުގެ ފުރުސަތު ދޭން ބޭނުންނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް