ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 14:49
ހުކުރު މިސްކިތް ހުޅުވާލުމަށް ފަހު ބަޔަކު މިސްކިތުގައި ނަމާދުކުރަނީ
ހުކުރު މިސްކިތް ހުޅުވާލުމަށް ފަހު ބަޔަކު މިސްކިތުގައި ނަމާދުކުރަނީ
ހެރިޓޭޖް މިނިސްޓްރީ
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް
ހުކުރު މިސްކިތުގެ އާބާތުރަފިލުވަން ޖެނުއަރީ މަހު ފެށުމާއި ގުޅޭ މަޝްވަރާކޮށްފި
މިސްކިތް އަލުން ހުޅުވާލީ ބުރާސްފަތި ދުވަހު
މަސައްކަތް މަޑު ޖެހުނީ ކޮވިޑް-19އާ ގުޅިގެން

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ހުކުރު މިސްކިތުގެ އާބާތުރަފިލުވަން ޖެނުއަރީ މަހު ފެށުމާއި ގުޅޭ ގޮތުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރްއާ މަޝްވަރާ ކުރައްވައިފިއެވެ.

ހޯމަ ދުވަހު އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އަންނަ އަހަރު ފަށަން ހަމަޖެހިފައިވާ ޕްރޮޖެކްޓާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭއާ ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަޝްރޫއު މަޑުޖެހުނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ.

ހުކުރު މިސްކިތުގެ އާބާތުރަފިލުވުމާއި ގުޅޭ ގޮތުން ހެރިޓޭޖް މިނިސްޓްރީއާ އިންޑީއާ ސަފީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އަހަރެއްހާ ދުވަހުގެ މަރާމާތަށް ފަހު ބުރާސްފަތި ދުވަހު ހުކުރު މިސްކިތް ވަނީ ހުޅުވާލާފައެވެ. މިސްކިތުގައި ނަަމާދުކުރަން ފަށާފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއް ގޮތަށް އަމަލުކުރަން ހެރިޓޭޖް މިނިސްޓްރީން ވަނީ މިސްކިތަށްދާ އެންމެންނަށް އިލްތިމާސް ކޮށްފައެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ، މާލޭ ހުކުުރު މިސްކިތަކީ 360 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެއްކަމުން އެ މިސްކިތަށް ދިމާވާ މިފަދަ އެކިއެކި ކަންކަން ހައްލު ކުުރުމަށް މަސައްކަތް ކުރަމުންދަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ. މިސްކިތް ބަންދުކުރުމާއި ފެށިގެން އަލުން ހުޅުވަންދެން ކަމާއިބެހޭ ތަޖުރިބާކާރުންގެ އިރުޝާދާއި އެކު ވަކި ތާވަލެއްގެ ދަށުން މިސްކިތުން ކަތުރުފަނި ނައްތާލުމަށް ބޭސްޖަހައި މިސްކިތުގެ ލަކުޑިއާއި ހިރިގަލަށް ދޭންޖެހޭ ފަރުވާދެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

- ކޮމެންޓް