ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 22:43
ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި
ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 5 މީހަކު ކަސްޓަމްސް އިން އަތުލައިގެންފި
މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަޅާފައިހުރި 81 ބުލެޓް ފެނިފައިވޭ

އެތެރެހަށީގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ފަސް މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މީގެ ތެރެއިން ހަތަރު މީހުންނަކީ 22 އަހަރާއި، 30 އަހަރާއި، 34 އަހަރާއި 41 އަހަރުގެ ޕާކިސްތާނުގެ ފިރިހެނުންނެވެ.

މި ހަތަރު މީހުން ރާއްޖެ އައިސްފައިވަނީ ހުސްވި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖެއައި EK656 ފްލައިޓުންނެވެ. މި ހަތަރު މީހުންނާމެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން އިތުރަށް ސުވާލުކޮށް ބަލައި ފާސްކުރިއިރު، މި ހަތަރު މީހުންގެ ވެސް އެތެރެހަށީގައި އެއްޗެއް ރައްކާކޮށްފައި ހުރި ކަމަށް ބެލެވިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގުނު އޮޕަރޭޝަންގައި، މި މީހުން ހޮސްޕިޓަލަށް ގެންގޮސްގެން އިތުރަށް ބެލިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައިހުރި 81 ބުލެޓް ފެނިފައިވެއެވެ.

މިތަކެތީގެ ބަރުދަނުގައި ޖުމްލަ 791 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީގެ އަގު ހަ ލައްކަ ބައްތިރީސް ހާސް އަށްސަތޭކަ ރުފިޔާއަށް އަރައެވެ.

މީގެ ތެރެއިން ފަސްވަނަ މީހާއަކީ 27 އަހަރުގެ ކެންޔާގެ އަންހެނެކެވެ. މީނާ ރާއްޖެ އައިސްފައިވަނީ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު ރާއްޖެއައި EK656 ފްލައިޓުންނެވެ. މީނާގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައި ހުރި 53 ބުލެޓް ފެނިފައިވެއެވެ.

މި ފަސް މީހުންނާއި މި މީހުންގެ އަތުން އަތުލެވުނު މަސްތުވާތަކެތި މިހާރު ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

- ކޮމެންޓް