ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 12:33
މުދަލު ޒަކާތުގެ ފައިސާ މިއަދު ބަހަން ފެށުން
މުދަލު ޒަކާތުގެ ފައިސާ މިއަދު ބަހަން ފެށުން
ޝުއައިބް މުހައްމަދު އިގްބާލް
މުދަލު ޒަކާތް
މުދަލު ޒަކާތުގެ ފައިސާ މިއަދު ބަހަން ފަށަނީ!
ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި މިވަގުތު 11514 އެބަތިބި
ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 2000 ރުފިޔާ

މިއަހަރުގެ މުދަލު ޒަކާތުގެ ފައިސާ މިއަދުން ފެށިގެން ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ޓުވީޓަރ މެދުވެރިކޮށް ވިދާޅުވީ 1442 ވަނަ އަހަރު ރިވިއުކުރި ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ތިބި މީހުންގެ އެކައުންޓްތަކަށް މިއަދުން ފެށިގެން ފައިސާ ޖަމާކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިއަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި މިވަގުތު 11514 މީހުން ތިބިކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 2000 ރުފިޔާ ކަމަށެވެ.

އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން އެކުލަވާލި ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ތިބީ 8764 މީހުންނެވެ. އެހެންނަމަވެސް އަލުން ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ޚާއްސަކޮށް ކޯވިޑް 19 އާ ގުޅިގެން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

2019 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަދުވަހުން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހަތަރު ހާސް ހަ ސަތޭކަ ހަތް ދިހަ ހަ ރުފިޔާ ހަތްދިހަ ލާރިއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

- ކޮމެންޓް