ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 11:08
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ފޮނަދޫ މަގުތަކުގައި ތާރުއެޅުން
ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މި މަސް ތެރޭ ފެށޭނެ: އެމްޓީސީސީ
ފޮނަދޫގެ 12 މަގެއްގައި ތާރު އެޅުމަށް ވަނީ ހަަމަޖެހިފައި
މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ފަށާފައި

ލ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަސްތެރޭ ފެށޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޓްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ. މި މަސައްކަތުގެ ތެރެއިން އެ ރަށު މަގުތަކުގެ 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ވަނީ އޮގަސްޓް 13 ގައި ވަނީ ފޮނަދޫއަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ ތެރެއިން މަގުގައި ހުރި ގާތައް ނެގުމުގެ މަސައްކަތާއި މަގު އެއްވަރުކުރުމާއި އަދި ސަބް ގްރޭޑިންގް މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފޮނަދޫގެ 12 މަގެއްގައި 27,848 އަކަ މީޓަރު ތާރު އަޅާނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން ރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަަމަށާއި މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ.

- ކޮމެންޓް