ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 02:01
ކަނޑުގަދަ ވަގުތެއްގައި މުދާ އުފުލާ ދޯންޏެއް ދުއްވާފަ ދަނީ
ކަނޑުގަދަ ވަގުތެއްގައި މުދާ އުފުލާ ދޯންޏެއް ދުއްވާފަ ދަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން ގޯސްވުން
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ލ. އަތޮޅުން ގދ. އަތޮޅަށް، ޔެލޯ އެލާޓް ނެރެފި
ދަންވަރު 1:30 އިން ފަތިހު 5:30 އަށް ލ. އަތޮޅުން ގދ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ
ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހޭނެ

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ލ. އަތޮޅުން ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއިި ބެހޭ ޤައުމީ އިދާރާއިން ނެރިފައިވާ އެލާޓްގައިވާގޮތުން، ދަންވަރު 1:30 އިން ފަތިހު 5:30 އަށް ލ. އަތޮޅުން ގދ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

މާދަމާރޭ 08:00 އަށް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރައިން ބުނެ އެވެ. ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަަށް ގަދަ ވާނެކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

- ކޮމެންޓް