ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 22:11
މާލޭ މަގެއްމަތީގައި ބަޔަކު ކޮފީއެއް ބޯން މަޑުކޮށްލައިގެން
މާލޭ މަގެއްމަތީގައި ބަޔަކު ކޮފީއެއް ބޯން މަޑުކޮށްލައިގެން
ރާއްޖެ އެމްވީ
ކޮވިޑަށް އިތުރު ބަޔަކު ޕޮޒިޓިވްވުން
އިތުރު 67 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 10،465 އަށް
މީގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 9 ބިދޭސީން
މީގެ ތެރެއިން 41 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ 73 މީހުންނާއެކު 1114 އެކްޓިވް ކޭސް ހިމެނެ

އިތުރު 67 މީހަކު ހޮނިހިރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހު ޕޮޒިޓިވްވެފައިވަނީ 67 މީހުން ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 9 ބިދޭސީން ކަމަށެވެ. މީގެ ތެރެއިން 41 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. 26 މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.

މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10,465 އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ 73 މީހުންނާއެކު 1114 އެކްޓިވް ކޭސް ހިމެނެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 526 މީހަކު އެބަތިއްބެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 9310 އަރާފައިވާ އިރު، 34 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދުތައް ދަށަށްދާން ފެށުމާއެކު، ލުއިތައްވެސް ވަނީ ދޭން ފަށައިފަ އެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކަށް ހޮނިހިރު ދުވަހުން ފެށިގެން ބަދަލު ގެނެސްފައިވެއެވެ.

ހޮނިހިރު ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަކީ ރޭގަނޑު 10:00ން ފެށިގެން ފަތިހު 05:00 އަށެވެ. ވެހިކަލްގގެ އިތުރުން، ރޭގަނޑު 10:00ން، ފަތިހު 05:00ށް އާންމުން މަގުމަތީގައި ހަރަކާތްތެރިވުމަކީވެސް މަނާ ކަމެކެވެ.

- ކޮމެންޓް