ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 08:37
މާލެއަށް ވާރޭވެހިފައިވާ ދުވަހެއްގައި މަގުމަތީގައި ފެން ހެދިފައި
މާލެއަށް ވާރޭވެހިފައިވާ ދުވަހެއްގައި މަގުމަތީގައި ފެން ހެދިފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ދ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލަރޓް ނެރެފި
ބުރާސްފަތި ދުވަހުގެ ހެނދުނު 06:00ން ފެށިގެން 10:00 ޖެހުމާ ހަމައަށް ވަނީ ވައިޓް އެލަރޓް ނެރެފައި
ބުރާސްފަތި ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް މެދު ރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ

ދ އަތޮޅުން ފެށިގެން ލ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ އެސަރަހައްދަށް ބުރާސްފަތި ދުވަހުގެ ހެނދުނު 06:00ން ފެށިގެން 10:00 ޖެހުމާ ހަމައަށް ވައިޓް އެލަރޓް ނެރޭ ކަމަށެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް މެދު ރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 5 ފޫޓާއި ދެމެދު ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

- ކޮމެންޓް