ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 18:04
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ރާއްޖެއެމްވީ
އިންޑިޔާ ކޮޗިން ފެރީ
މިއީ ދިވެހި އުފެއްދުންތައް އިންޑިޔާ މާރކެޓަށް ހުޅުވާލަންލިބޭ ފުރުސަތެއް: މެމްބަރު ރާއީ
މިއީ ފަހުގެ ތާރީހުގައި ހިނގި މިފަދަ ފުރަތަމަ އިޤްތިޞާދީ ބޮޑު އެއް ހަރަކާތް

އިންޑިޔާއަކީ ވިޔަފާރީގެ ވަރަށް ބޮޑު މާރކެޓެއް ކަމަށާއި މިއީ ދިވެހި އުފެއްދުންތައް އެމާރކެޓަށް ހުޅުވާލަން ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރާއީ ވިދާޅުވީ ކޮޗިން ކާގޯ ފެރީގެ ސަބަބުން މިއީ ރައްޔިތުންނަށް ހުޅުވިގެންދާ ފަހި ފުރުޞަތުތަކެއް ކަމަށާއި މިފުރުޞަތު ބޭނުން ހިފަންވީ ރަނގަޅު އިންތިޒާމެއްގެ ތެރެއިން އިންޑިއާ މާރކެޓަށް ދިވެހި އުފެއްދުންތައްވެސް އެކްސްޕޯޓްކޮށްގެން ކަމަށެވެ.

ރާއްޖެއަށް އަންނަ ކޮންމެ ކުރިއެމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ ކަމެއް ކަމަށާއި ކޮންމެ ރައްޔިތަކަށްވެސް މިކަމުން މަންފާކުރާއިރު މިއީ ބައިނަލްއަޤްވާމީ ފަރާތްތަކާއި ރާއްޖެ ގުޅުވާލަދިނުމުގެ އެއް ދޮރު ކަމަށް ރާއީ ވިދާޅުވިއެވެ. އަދި މިއީ ފަހުގެ ތާރީހުގައި ހިނގި މިފަދަ ފުރަތަމަ އިޤްތިޞާދީ ބޮޑު އެއް ހަރަކާތް ކަމަށްވާއިރު މިކަމާއި ގުޅޭ މައުލޫމާތު ވިޔަފާރިވެރިންނާއި އެސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުން ފިލަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް ރާއީ ވިދާޅުވިއެވެ.

ހާއްސަކޮށް ވިޔަފާރިވެރިންނަށް ފުރުޞަތު ހޯދައިދޭން އެބަޖެހޭ ކަމަށާއި މިއިންތިޒާމްތައް ހަމަޖައްސަވައިދެއްވާ، ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދޭން ޖެހޭ. މިކަންކަން މިހާރުވެސް ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ކުރަމުން. ފުރިހަމަ ޔަޤީންކަން ދެން. ހދގެ ކޮންމެ މެމްބަރަކަށް ދެވެން ހުރި ކޮންމެ މައުލޫމާތު އަބަދުވެސް މިކަމުގައި ފޯރުކޮށްދޭނެ. ކުރަން ޖެހުނު ކޮންމެ މަސައްކަތްތަކެއް ކޮށްދޭނެ.
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ވިޔަފާރިވެރިންނަށްވެސް މިކަމުގެ މަންފާ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި މި ފުރުޞަތު ފަހިކޮށްދޭންޖެހޭ ކަމަށާއި އެފަދަ ކަންކަން ދެމެހެއްޓެވިނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި ސަރުކާރުންވެސް ކަންކަން ބައްޓަން ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ އަސާސީ ގިނަ ބާވަތްތައް އިންޑިޔާއިން އެތެރެކުރާކަން ފާހަގަކުރައްވަމުން ރާއީ ވިދާޅުވީ އެތަކެތި ލިބެން ފެށުމުން އަގު ހެޔޮކޮށް ތަކެތި ލިބެން ފަށާނެ ކަމަށާއި ކުރިން ނުލިބޭ ވަރަށް ގިނަ ފާއިދާތަކެއް ލިބިގެންދާނެކަން ރާއީ ފާހަގަކުރެއްވިއެވެ. އަދި މިއީ ބޮޑު ތިލަދުންމައްޗަށް އަންނަ އިގްތިޞާދީ ބޮޑު ކުރިއެރުމެއް ކަމަށާއި ކޮވިޑްގެ ހާލަތުން އަރައިގަތުމަށްވެސް މިއީ އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ގޮތުގައި ރާއީ ސިފަކުރެއްވިއެވެ.

- ކޮމެންޓް