ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 11:25
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)
ރާއްޖެއެމްވީ
ކާގޯ ފެރީ
ކާގޯ ފެރީއަކީ މާލެ ނޫން އެހެން ގޮތެއް ހޯދުމަށް ފެށޭ ފެށުމެއް: މެމްބަރު ޒިޔާދު
މިއީ ތިލަދުންމަތީގެ ރައްޔިތުން މިކަމުން މަންފާ ނަގަންވީ ވަގުތު
މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުވިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއް
ރާއްޖެއިން ބޭރަށް ގެންދެވޭނެ މުދާވެސް ހޯދަން ޖެހޭ

އިންޑިޔާގެ ކޮޗިން އިން ރާއްޖެއަށް އައި ފުރަތަމަ ކާގޯ ފެރީއަކީ މާލެ ނޫން އެހެން ގޮތެއް ހޯދުމަށް ފެށޭ ފެށުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓިވިއުއެއްގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ޒަމާނުއްސުރެ ބޮޑު ތިލަދުންމައްޗަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އިޤްތިޞާދީ ހަރަކާތެއް ނެތުން ކަމަށާއި އެހެންކަމުން މިފެށުނު ކާގޯ ފެރީއާއި އެކު މިއީ އިގްތިޞާދީ ބޮޑު ހަރަކާތެއްގެ ފެށުން ކަމަށް ދެކޭ ކަމަށެވެ.

އަދި މިއީ މާލެއަށް ބަރޯސާވުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުވިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއްކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ މިއަދާއި ހަމައަށް އައި އިތު ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް އޮތް ހަމައެކަނި ގޮތަކީ މާލެ އައިސް މުދާ ގަތުން ކަމަށެވެ.

އެހެންނަމަވެސް ކާގޯ ފެރީގެ ޚިދުމަތާއި އެކު ކުދި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް މުދާ ގެންނަން ފުރުޞަތުތަކެއް ލިބިގެންދާއިރު މިއީ އެ ފަރާތްތަކުގެ ވިޔަފާރިތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށްވެސް ޒިޔާދު ފާހަގަކުރެއްވިއެވެ.

ބޮޑު ތިލަދުންމައްޗަކީ ޒަމާނުއްސުރެ އެއްވެސް ވެރިކަމެއްގައި އިގްތިޞާދީ ގޮތުން އަޅާލެވިފައިވާ ސަރަހައްދެއް ނޫން. ސަރުކާރުގެ ވިސްނުން އެބަހުރި އަށްހާސް ޓުއަރިސްޓުން އެނދު އިތުރުކުރުން. އިތުރު ވަޒީފާތަކާއި ވިޔަފާރި އޮވެގެން ވަޒީފާ އުފެދެނީ. ކާގޯ ފެރީގެ ޚިދުމަތަކީ ވަރަށް ބޮޑަށް ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެއް
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)

މިޚިދުމަތަކީ ވަޒީފާއާއި މުދާ ހޯދުމަށް އެޅޭ ވަރަށް މުހިއްމު ފާލަމެއް ކަމަށް ސިފަކުރައްވަމުން ޒިޔާދު ވިދާޅުވީ ދުނިޔެ މިއޮތީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ކަމަށާއި ދުނިޔޭގައި ހިނގާ ހުރިހާ ވިޔަފާރިއަކީވެސް އެއްގައުމު އަނެއް ގައުމު ގުޅިގެން ހިންގޭ ވިޔަފާރިތަކެއް ކަމަށެވެ.

އެހެންނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކުން ވަކި ސަރަހައްދެއްގައި އިންޑިޔާގެ ބާރު އޮންނަކަމަށް ދެކެވޭ ވާހަކައަކީ ޤަބޫލުކުރާނެ ވާހަކައެއް ނޫން ކަމަށާއި މިއީ ދައްކާ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ. އަދި މިއަދު މިއީ ތިލަދުންމަތީ ރައްޔިތުން ވިސްނާ ފިކުރުކޮށް، މިކަމުގެ މަންފާ ނަގަންވީ ވަގުތު ކަމަށާއި ރާއްޖެއިން ބޭރަށް ގެންދެވޭނެ މުދާވެސް ހޯދަން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް