އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ފުލުހުން ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފި އެވެ.
ހަސަން ލަތީފް ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށްށެވެ. ފުލުހުން ހަސަން ލަތީފް ހައްޔަރު ކުރުމަށްފަހު ދޫކޮށްލިިއިރު ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއްވެސް ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް އޭނާވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.
އެއްވުން ރޫޅާލުމުގެކުރިން، އެއްވެސް އިންޒާރެއްދީފައެއް ނުވެއެވެ. ހަސަން ލަތީފް ހައްޔަރުކުމަށްފަހު އެ ސަރަހައްދު އެއްކޮށް ވަނީ ފުލުހުންގެ ކޮށްޓްރޯލްގެ ދަށަށް ގެނެސް ޖަލްސާވެސް ހުއްޓުވާފަ އެވެ.
އެސަރަހައްދުން މީހުން ދުރުކުރުމަށް ޕެޕަސްޕްރޭ ވެސް ފުލުހުން ވަނީ ޖަހާފަ އެވެ. ޕެޕަރސްޕްރޭގެ އަސަރުކޮށް އަނިޔާ ލިބުނު ބައެއް މީހުން ވަނީ އެޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ. އެގޮތުން 11 މީހަކަށް ވަނީ އޭޑީކޭގައި ފަރުވާދީފަ އެވެ.
ކަންމަތީ މި ބައްދަލުވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އެމްޑީޕީގެ ޗެއާރޕާސަން ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި ކަންމަތީ ބައްދަލުވުމުގެތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހަސަން ލަތީފް ހައްޔަރުކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ސިޔާސީ ހަރަކާތް ހުއްޓުވުމަކީ ރާއްޖޭގެ ޑިމޮކްރެސީ އޮބަހައްޓާ ނައްތާލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.
Forceful removal of MDP Chairperson @HassanLatheef from a joint party event is a desperate attempt to stifle democracy, amounts to abduction
— Mohamed Nasheed (@MohamedNasheed) April 18, 2017
ފުލުހުން ބުނީ އެއްވުން ރޫޅާލީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެބައްދަލުވުން ކުރިއަށް ގެންދާތީ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.