ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 03:02
އިދިކޮޅުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
އިދިކޮޅުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
ޕީޕީއެމް
ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރާކާތްތައް
ޕީޕީއެމް/ޕީއެންސީގެ ހިންގާ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ފޯމް ވެބްސައިޓް އިން ލިބޭނެ
އިންތިހާބު އޮންނާނީ އޮގަސްޓު 16 ގައި
މި މަހުގެ 30 ގެ 18:00 ގެ ކުރިން ފޯމް ހުށައެޅުމަށް ވަނީ އެދިފައި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހިންގާ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންގާރަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ހިންގާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިހާބީ ކޮމިޓީންނާއި، ޕީޕީއެމްގެވެބްސައިޓްއަދި ޕްރޮގްރެސިވް ކޯލިޝަންގެ އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލެވޭނީ އާންމު މެމްބަރުންނާއި، އަންހެން މެމްބަރުންގެ އިތުރުން އުމުރުން 35 އަހަރުނުވާ ޒުވާން މެންބަރުންނަށް ކަމަށް އިދިކޮޅުގެ އިއުލާނުގައި ބުންޏެވެ. ހިންގާ ކޮމިޓީ އަށް މެމްބަރުކަމަށް ވާދަކުރުމަށް ޝައުގުވެރިވާ މެމްބަރުން މި މަހުގެ 30 ގެ 18:00 ގެ ކުރިން ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ.

ރަށްރަށުގައިނަމަ ވަގުތީ އިންތިހާބީ ކޮމިޓީ އަށް، މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހަށް ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ. މި އިންތިހާބު ބާއްވަނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

ޕީޕީއެމް/ޕީއެންސީން ހުރިހާ ރަށެއްގައި ހިންގާ ކޮމިޓީތަކެއް އިންތިހާބު ކުރަނީ އިދިކޮޅުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމުގެ ގޮތުންނެވެ. ކޮމިޓީތައް އިންތިހާބުވެގެން ދިޔުމުން ސިޔާސީ މަސައްކަތްތައް މިހާރަށް ވުރެ އެތައް ގުނައެއް ފުޅާވެގެން ދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

- ކޮމެންޓް