ކ. މާލެ
|
21 ސެޕްޓެންބަރ 2020 | ހޯމަ 21:58
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
ރައްޔިތުންގެ މަޖިލިސް
ކޮޗިން ފެރީގެ ޚިދުމަތް ފެށުން
ކޮޗިން ފެރީއަކީ ދިވެހި އުފެއްދުންތައް ވިއްކުމަށް ފަހިވެގެންދިޔަ ފުރުސަތެއް: މެންބަރު ރާއީ
ކޮޗިން ފެރީގެ ސަބަބުން ޚާއްސަކޮށް ބޮޑުތިލަދުންމައްޗަށް ފައިދާ ކުރާނެކަަމަށް ވިދާޅުވި
އެކްސްޕޯޓަށް ހުޅުވުނު އާ ދޮރެއް ކަމަށް ފާހަގަކުރެއްވި
ވިޔަފާރިވެރިންގެ އުފެއްދުންތައް މާކެޓްކުރުމަށް ލިބުނު ފުރުސަތެއް ކަން ފާހަގަކުރެއްވި

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށިގެން ދިއުމަކީ ދިވެހި އުފެއްދުންތައް އެކްސްޕޯޓް ކުުރުމަށް ފަހިވެގެންދިޔަ ފުރުސަތެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއާ ވާހަަކަދައްކަވަމުން ރާއީ ވިދާޅުވީ ކޮޗިން ފެރީގެ ސަބަބުން މުޅި ރާއްޖެއަށާއި، ޚާއްސަކޮށް ބޮޑު ތިލަދުންމައްޗަށް ފައިދާ ކުރާނެ ކަމަށެވެ.

ކޮޗިން ފެރީއަކީ އެކްސްޕޯޓަށް ހުޅުވުނު އާ ދޮރެއްކަން ފާހަގަކުރައްވާ ރާއީ ވިދާޅުވީ ދިވެހި އުފެއްދުންތައްކަމަށްވާ ރޯނު، ފަން، ބޮލި، ލޮނުމަސް، ހިކިމަސް އަދި ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓްކޮށް އެތަކެތި އެކްސްޕޯޓްކޮށް މާކެޓް ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ކާށި އަދި ބާދަނގަޑު ފަދަ ތަކެތި އެކްސްޕޯޓްކޮށް ކުދި ވިޔަފާރިތައް މާކެޓް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ހޯމަދުވަހުއެވެ.

ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރުމަށް ހަަމަޖެހިފައިވަނީ ކުޅުދުއްފުއްޓަށެވެ. އަދި ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު އެފެރީ މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

- ކޮމެންޓް