ހުޅުމާލޭގައި ހުރިހާ އުުމުރުފުރާއެއްގެ ކުދިންނަށް ޚާއްސަ ކޮށް ވަނީ ލައިބްރަރީއެއް ހުޅުވާފައެވެ.
ޕްރޮފެސަރ އުގެއިލްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ މި ލައިބްރަރީ އާ ގުޅޭގޮތުން ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން އުގެއިލް ފައުންޑޭޝަންގެ ކޮންސަލްޓެންޓް އަލީ އަބްދުﷲ ވިދާޅުވީ މި ލައިބްރަރީ މަގްސަދަކީ ސްޓެމް އެޑިއުކެޝަން ޕްރޮމޯޓް ކުުރުން ކަމަށް ކަމަށެވެ.
ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން އިރުއޮއްސި 18:00 އަށް ހުޅުމާލޭގައި ހުޅުވާފައި ހުންނަ މި ލައިބްރަރީ ގައި ސްޓަޑީ އޭރިއާ އަކާއި، ކޮލެޖްގައި ކިޔަވާ ކުދިންނަށް އެކިއެކި ރިސާޗްތައް ހެދުމަށް ޚާއްސަ އޭރިއާއެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލައިބްރަރީ މިވަގުތު ކުރިއަށް ގެންދަނީ ދެބަޔަކަށް ބަހާލެވިގެން ކަމަށާއި އެއީ ދަ ސާރކަލް ކިޑްސް (އުމުުރުން 7 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަކޮށްގެން ހިންގޭ ޕްރޮގްރާމެއް) އަދި ދަ ސާރަކަލް ސްޕޭސް (މިއީ 16 އަހަރުން މަތީގެ ކުދިންނަށް) ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.
ދަ ސާރަކަލް ކިޑްސް ޕްރޮގްރާމުގެ ތެރޭގައި ކޯޑިން، ރޮބޮޓިކްސް އަދި އެސްޓްރޮނޮމީ ހިމެނޭ ކަމަށް އަލީ ވިދާޅުވިއެވެ. އަދި މިއީ ތަފާތު ދާއިރާތަކުގެ ކުދިންނަށް އިލްމް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމުގައި ފޮތް ކިޔުމާއި ބުކް ކްލަބް އަދި އާޓް ކްލަބްގައި ބައިވެރިވެވޭނެ ކަމަށް އަލީ ވިދާޅުވިއެވެ.
ދަ ސާރަކަލް ސްޕޭސްގެ ބޭނުމަކީ ކުދިންނަށް އިންޓަލެކްޗުއަލް ޓައިމްއެއް ހޭދަކޮށްލަން ތަނެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފްރީކޮށް އައިސް ޔޫސްކޮށްލެވޭ ގޮތަށް ލައިބްރަރީ އޭގެ އިތުރުން ހަމަ މިސާލަކަށް ލެޕްޓޮޕް ބޭނުންކޮށްލައިގެން މަސައްކަތްވެސް ކޮއްލެވޭގޮތަށް ތައްޔާރުކުރެވިފައި މިވަނީއަލީ
މީގެ އިތުރުން އެސްޓްރޮމޮނީ ކްލަބެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަލީ ވިދާޅިވިއެވެ
އަލީ ވިދާޅުވީ އިންކިއުބެޑެއްވެސް ވަރަށް އަވަހަށް ތަޢާރަފް ކުރާނެ ކަމަށާއި އެފެސިލިޓީގެ ދަށުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ކުދިންނަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދާނެ ގޮތްތަކާއި ކޮންސަލްޓެންސީވެސް ލިބިގެންދާނެ ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ޒަމާނީ ފެންވަރަށް ތައުލީމް ދެވޭގޮތަށް ޕޯޓަލްއެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. ދަ ސާރަކަލް އެކަޑަމީގައި ބައިވެރިވެފައި ތިބި ކުދިންނަށްވެސް އެ އެޕް ބޭނުންކޮށްގެން މައުލޫމާތު ހޯދޭނެކަމަށެވެ.
ސަޓަރޑޭ އިންޓަތ ސާރކަލްސްގެ ނަމުގައި ކޮންމެ ހޮނިހިރު ދުަވހަކު އިވެންޓެއް ބާއްވާކަަމަށާއި ކޮވިޑް 19 އާ ގުޅިގެން މި ހަރަކަތް ބާއްވަނީ ޒޫމް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓަޑީ އޭރިއާ އެބައޮތް، ކޮލެޖްގައި ކިޔަވާ ކުދިން ރިސާޗްހަދާކުދިން އައިސް ސްޓަޑީ އަށް ބޭނުން ކޮށްލެވެނެއަލީ އަބްދުﷲ
ކެފޭއަކާއި އެކު ހިންގަމުންދާ މި ލައިބްރަރީގައި ގެއިން ފޮތެއް ހިފައިގެން ވެސް އައިސް ކިޔާލަން ތިބެވޭނެ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން މި ދުވަސްކޮޅު ޖާގައަކީ ފަހަރަކު 10 ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައި ޖާގަ އިތުރު ކުުރުމުގެ މަސައްކަތް ކުރަމުންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.