ކ. މާލެ
|
17 ސެޕްޓެންބަރ 2020 | ބުރާސްފަތި 20:09
މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ކަރެކްޝަންސްއާ ހަވާލު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ
މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ކަރެކްޝަންސްއާ ހަވާލު ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ
މަންޑޭލާ ރޫލްސް އަށް އަމަލު ކުރަން ފެށުމުން ޖަލުގައި ހިނގާ ހާދިސާތައް މަދު ކުރެވޭނެ: މިނިސްޓަރު އިމްރާން
ޖަލު ރިފޯމް ކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ: މިނިސްޓަރު
ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެން ބޭނުންވާ ކަމަށް ވިދާޅުވި

ޖަލުތަކުގައި ގައިދީންނާ މެދު އަމަލު ކުރާނެ ގޮތުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައަޅާފައިވާ ދި ޔުނައިޓެޑް ނޭޝަނަލް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީޓްމަންޓު އޮފް ޕްރިޒަންސް، ދި ނެލްސަން މަންޑޭލާ ރޫލްސް އަށް އަމަލު ކުރަން ފެށުމުން ޖަލުގައި ތިބޭ ޖަލުގައި ހިނގާ އެކި ކަހަލަ ހާދިސާތައް މަދު ކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ކަރެކްޝަންސް އަށް ހަވާލު ކުރުމަށް ބުރާސްފަތި ދުވަހުގެ ހަވީރު މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތައް ފަހު ''ރާއްޖެ.އެމްވީ'' އިން ކުރި ސުވާލަކަށް ޖަވާބު ދެެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ޖަލުތަކުގައި ގައިދީންނާ މެދު އަމަލު ކުރަމުން އައީ އެ މީހުންނަކީ ވީހާވެސް ބޮޑަށް ބަންދު ކޮށްގެން ގެންގުޅެން ޖެހޭ ބައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަމުގައި ގެންގުޅޭ ފަލްސަފާ ތަފާތު ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ގައިދީންނަކީ މުޖުތަމައުއާ އެކަހެރި ކޮށްފައި ތިބި ބައެއް ކަމަށްވިޔަސް އެ މީހުންނަކީ އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުން ކަމަށެވެ.

ޖަލުތަކުގައި ގައިދީން ހިންގާ ހަމަނުޖެހުންތަކުގައި އޮފިސަރުންނަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފަައިވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، މަންޑޭލާ ރޫލްސްގެ ދަށުން އޮފިސަރުންނާއި ގައިދީންނާ ދެމެދު ކުރާ މުއާމަލާތުތައް ރިވެތި އަހުލާގާއި އެކު ބައްޓަން ކުރެވިގެންދާނެ ކަމަށެވެ. އެ ކަމުގެ ތަމްރީނުތައް އޮފިސަރުންނަށް ދޭން އަންނަ ހަފްތާގައި ފަށަން ވަނީ ހަމަޖެހިފައެވެ.

މި ދެބައި ފުރިހަމަ ވެގެންދިޔާމަ ޖަލުތަކުގައި ތަކުރާރުވަމުން އައިސްފައި ހުރި ހާލާތްތައް އިރާދަ ކުރެއްވިއްޔާ ބޮޑުތަނުން މަދުކުރެވި އަދި އެފަދަ ހާލަތްތައް ނުހިގާނެ ފަދަ ގޮތްތަކަށް ކަންތައް ބައްޓަން ކުރެވޭތޯ އަޅުގަނޑުމެން ބަލަނީ
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

ކަރެކްޝަންސްގެ ބައެއް އޮފިސަރުންތައް ގައިދީންނާ މެދު ބާރުގެ ބޭނުންކޮށްފައިވާ ބައެއް ހާދިސާތައް ދޭތެރެ ދޭތެރެ އިން ހިނގައެެވެ. އިމްރާން ވިދާޅުވީ، އެ ހަލާތްތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަފާއިވަނީ އޮފިސަރުންގެ އިތުރުން ގައިދީންގެ ހައްގުތައްވެސް ރައްކާތެރިވާ ގޮތަށް ކަމަށެވެ.

ޖަލުތައް ރިފޯމް ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އަމާޒު ހިފާފައިވާ ކަމަކަށްވާއިރު އިމްރާން ވިދާޅުވީ، އެ މަސައްކަތަކީ ބުރަ މަސައްކަތެއްކަން ގަބޫލްކުރަައްވާ ކަމަށާއި، ޖަލު ރިފޯމް ކުރަން އަދިވެސް ގިނަ މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށެވެ.

- ކޮމެންޓް