މިހާރުވެސް ކުރަން ހުރި މަސައްކަތް މަދެއް ނޫންކަމަށާއި ބޮޑުވަޒީރަށް ވާންއެދޭނެމަ އެވާހަކަ ބުނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަބަރުސިޓީގެ ހަވަނަ އަދަދަށް ލިޔުއްވާފައިވާ ލިޔުމުގައި ރައީސް ނަޝީދު ވަނީ މި ދަނޑިވަޅުގައި ދެކެވޭ ގިނަ ވާހަކަތަކަށް އަލިއަޅުވާލާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ބައެއް ފަހަރު ދައްކާ ވާހަކަތަކަކީ ސަރުކާރު ނިކަމެތި ކުރުމަށް ދައްކަވާ ވާހަކަތަަކެއް ކަމަށް ބައެއް ބޭފުޅުންގެ ނަޒަރުގައި ފާހަގަވިޔަސް އެއީ ކުށްހީއެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެދޭކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. މިހާރުވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް ނަޝީދުގެ ނިޔަތަކީ ބޮޑުވަޒީރަކަށް ވުމެވެ. މިކަމަށް އަލިއަޅުއްވައި ވިދާޅުވީ، ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެ ވާހަކަ އަޅުގަނޑު ދަންނަވާނެކަމަށާއި މިހާރުވެސް ކުރާން ހުރިކަންކަން މަދު ނޫންކަމަށެވެ. އަދި އަމިއްލަފުޅަށް ދިމާވެފައިވާ މައްސަލަތައްވެސް ގިނަކަން ފާހަގަކުރެއްވިއެވެ.
އަޅުގަނޑުބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކައަޅުގަނޑު ދަންނަވާނަމެވެ. މިހާރުވެސްކުރާން ހުރިކަންކަން މަދީއެއް ނޫނެވެ.މީހާ އާއި ދިމާވެފައިވާ މައްސަލަތައްވެސްގިނައެވެ. މިއަދު މިބުނާ ވާހަކައަކީ، އެލް.ޑީ.ޕީ އަށް ކާމިޔާބު ވާނީ އަޅުގަނޑުމެންގެއަމާޒު ނުގެއްލުމުންނެވެ. ބޭނުމަކީކޮންމެ މީހެއްގެވެސް ޖީބަށް ވަންނަވަރުއިތުރުވުމެވެ. ތިމަންނާއަކީ، ތިމަންނާގެއަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅޭމީހެކޭ ބުނެ، ކޮންމެ ދިވެއްސަކަށްވެސްއިސްކޮޅަށް ދެމިލެވުމެވެ.ތަރައްގީއަކީވެސް އެމަގުން ލިބޭނެރައީސް ނަޝީދު
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމް.ޑީ.ޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް އަދި ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމުކަމަށެވެ. ނަމަވެސް އެއީ، އަދި ފަހުގެ ވާހަކައެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިއަދު މިފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުން ހުރި ވާހަކައެއް ނޫންކަމަށެވެ.
މިއަދު މިބުނާ ވާހަކައަކީ، އެމް.ޑީ.ޕީ އަށް ކާމިޔާބު ވާނީ އަޅުގަނޑުމެންގެ އަމާޒު ނުގެއްލުމުންކަމަށެވެ. ބޭނުމަކީ ކޮންމެ ރައްޔިތެއްގެވެސް ޖީބަށް ވަންނަވަރު އިތުރުވުން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ހަލާލު މަސައްކަތުން ދިރިއުޅޭ މީހެކޭ ބުނެ، ކޮންމެ ދިވެއްސަކަށް ވެސް އިސްކޮޅަށް ދެމިލެވުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި ތަރައްގީ ވެސް އެމަގުން ލިބޭނެކަމަށެވެ.