ޅ. ކުރެންދޫ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ މިހާރު ޅ. ކުރެންދޫ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މިހާރު އޮތީ އެ ނިޒާމް ޓެސްޓުކޮށް ކޮމިޝަން ކުރުން ކަމަށާއި އަދި އެއަށް ފަހު ހަވާލް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ޅ. ކުރެންދޫ ކައުންސިލުގެ ނައިބު ރައީސާ އައިޝަތު ވިޝާމާ ވިދާޅުވީ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ ކުރިން ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށެވެ.
އެގޮތުން އެ ރަށުގެ އާބާދީ އަކީ ތޮއްޖެހިފައި އޮންނަ އާބާދީ އަކަށްވާއިރު ކޮންމެ މީހަކަށް ވެސް ލިބިފައި އޮންނަނީ 2000 އަކަ ފޫޓުގެ ގޯއްޗެއް ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން ގިނަ ލުއިފަސޭހަ ތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ވެސް ވިޝާމާ ވިދާޅުވިއެވެ.
މިމަޝްރޫއުގެ ދަށުން 6,000 މީޓަރގެ ނަރުދަމާ މައި ނެޓްވޯކްއާއި، 720 މީޓަރުގެ ޕަންޕިން ލައިންއެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން 2 ޕަންޕިންގސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި އިދާރީ ބިލްޑިންގއެއް ވެސް ވަނީ ޤާއިމް ކޮށްފައެވެ. އަދި ހަމަ މިއާއެކު ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 20 ސެޕްޓެމްބަރު 2018 ގައެވެ.