Advertisement
ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 17:16
ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިއާ އެމްބަސީ ކައިރި މަޑުކޮށްލައިގެން
ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިއާ އެމްބަސީ ކައިރި މަޑުކޮށްލައިގެން
ރާއްޖެ އެމްވީ
އިދިކޮޅޫ ލީޑަރުން
އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި
މިބައްދަލު ކުރެއްވުން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރަށް ކުރިއަށް ދިޔަ
މަޝްވަރާ ކުރެވުނީ ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ހާލަތާމެދު
ސިޔާސީ ލީޑަރުންގެ ހައްޔަރުކޮށް، ދައުވާ ކުރަމުންދާތީ އެކަންކަމާ ކަންބޮޑުވާކަން ހާމަކޮށް، މަޝްވަރާ ކުރެވިފައިވޭ

ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލެޝް މިޝްރާއާ، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހޯމަ ދުވަހު ބައްދަލުކުރައްވައިފި އެވެ.

ހޯމަ ދުވަހުގެ ހެނދުނު ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ބޭއްވި އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ޕަލާމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒު އެވެ.

އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ މަޝްވަރާ ކުރެވުނީ ރާއްޖޭގެ ސިޔާސީ ކަންކަމާއި އިގްތިޞާދީ ކަންކަމުގެ އިތުރުން ސަރުކާރާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާމެދުގަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޔާސީ ލީޑަރުންނާއި ސޯޝަލް މީޑީއާގައި ހަރަކާތްތެރިވާ ފާރަތާތްކަށް ސަރުކާރުން ބިރު ދައްކާ ހައްޔަރު ކުރަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާމެދު މިއަދު ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ޔުމްނާ ވިދާޅުވީ ސިޔާސީ ހަލަބޮލިކަން އިތުރުވެ، ރާއްޖޭގައި ހަމަނުޖެހުން އިތުރުވެ، ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ދައުވާތައް އުފުލަމުންދާތީ އެކަންކަމާމެދު ކަންބޮޑުވާކަމާއި ރާއްޖޭގެ ހަމަ ޖެހުމަށް ދެފަރާތުގެ މެދުގައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނަރު އަކްލެޝް މިޝްރާ އާއެކު ގުޅިފައިވާ އިދިކޮޅު ސިޔާސީ ލީޑަރުން ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު ވަންދެން މަޝްވަރާގެ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 އޭޕްރިލް 2017 | ހޯމަ 13:03
ކަނބުލޮ
ރާއްޖޭގެ ކަންކްން އެންމެ ރަނގަޅަށް އެނގޭނީ އެމީހުންނަށް ވިއްޔަ .... ހެއް ހެއް