ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 20:17
ކުޅުދުއްފުށީގައި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ އެރަށުގައި ހުންނަ ކޭޕީއެލް ގެސްޓް ހައުސް
ކުޅުދުއްފުށީގައި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ އެރަށުގައި ހުންނަ ކޭޕީއެލް ގެސްޓް ހައުސް
ކުޅުދުއްފުށި އޮންލައިން
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ކުޅުދުއްފުށި އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ކެލާ މީހާ ނިޔާވުން: ކޮވިޑުގެ 31 ވަނަ މަރު!
އޭނާ ކުޅުދުއްފުށީގައި ހުންނަ ކަރަންޓީން ފެސިލިޓީއަށް ގެންދިޔައީ އަންގާރަ ދުވަހުގެ ހެނދުނު
އެއީ ހއ. ކެލާއިން ފަރުވާ ހޯދުމަށް ކުޅުދުއްފުއްޓަށް ގެންދިޔަ އުމުރުން 58 އަހަރުގެ ފިރިހެނެއް
އެނގިފައިވާ ގޮތުގައި އެމީހާއަކީ ކެންސަރު ބައްޔަށްވެސް ފަރުވާ ކުރަމުން އައި މީހެއް

ހދ. ކުޅުދުއްފުށީގައި ހުންނަ ކަރަންޓީން ފެސިލިޓީ ކަމަށްވާ ކޭޕީއެލް އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު އަންގާރަ ދުވަހުގެރޭ ނިޔާވެފައިވާއިރު، އެއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 31 ވަނަ މީހާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ބުދަ ދުވަހު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، އަންގާރަ ދުވަހު ނިޔާވެފައިވަނީ ހއ. ކެލާއިން ފަރުވާ ހޯދުމަށް ކުޅުދުއްފުއްޓަށް ގެންދިޔަ އުމުރުން 58 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހާ އެންމެ ފުރަތަމަ މާލެއިން ކެލާއަށް ގޮސް ހުރީ ހޯމް-އައިސޮލޭޝަންގައެވެ. އެކަމަކު ހާލު ގޯސްވުމުގެ ސަބަބުން ކުޅުދުއްފުށީގައި ހުންނަ ކަރަންޓީން ފެސިލިޓީއަށް ގެންދިޔައީ އަންގާރަ ދުވަހުގެ ހެނދުނެވެ. އަދި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އަންގާރަ ދުވަހުގެރޭ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ކެންސަރު ބައްޔަށްވެސް ފަރުވާ ކުރަމުން އައި މީހެކެވެ. އެކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ބުދަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއްވެސް ކޮވިޑް-19 ބަލީގައި ނިޔާވެފައިވެއެވެ. އޭނާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 06:24 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

- ކޮމެންޓް