ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 19:38
އޭނާ ނިޔާވިއިރު ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި
އޭނާ ނިޔާވިއިރު ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި
އެސްޓީއޯ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ރާއްޖެއިން ކޮވިޑު ޖެހިގެން 30 ވަނަ މަރު: 60 އަހަރުގެ ދިވެހި ފިރިހެނެއް!
ނިޔާވެފައިވަނީ ބުދަ ދުވަހުގެ ހަވީރު 06:24 ހާއިރު
ނިޔާވިއިރު ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި
މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 30 ވަނަ މީހާ

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ ހަވީރު 06:24 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އޭނާ ނިޔާވިއިރު ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 30 ވަނަ މީހާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު 30ށް އަރާފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 8700ށް ވުރެ ގިނައެވެ. އަދި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 6157 ގައެވެ.

- ކޮމެންޓް