ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 19:04
ޔޫތް މިނިސްޓްރީން މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސްގެ ތެރެއިން ގއ. ވިލިނގިލިގައި ބޭއްވި ކޮންފަރެންސް
ޔޫތް މިނިސްޓްރީން މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސްގެ ތެރެއިން ގއ. ވިލިނގިލިގައި ބޭއްވި ކޮންފަރެންސް
ޙުސައިން މަޚްތޫމް
މަދަނީ ޖަމިއްޔާތައް
ކޮމަންވެލްތުން މަދަނީ ޖަމްޢިއްޔާތަކަށް އެހީ ދެނީ
އެހީ ދޭން ނިންމާފައިވަނީ ޕެންޑަމިކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގުމަށް
އެއް އަހަރު ދުވަހަށް 10 ހާހާއި 30 ހާހާއި ދެމެދުގެ އަދަދަކަށް ޕައުންޑުގެ އެހީ ދިނުމަށް ވަނީ ނިންމާފައި

ކޮވިޑް-19 އާއި ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށްޓަކައި ކޮމަންވެލްތުގެ ފަރާތުންދޭ ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތް މިނިސްޓްރީން ބުނި ގްރާންޓަށް އެދި މި މަހުގެ އެކަކުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ގްރާންޓަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 1:00 ކަމަށާއި، ހުރިހާ ޖަމްޢިއްޔާތަކުންވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީން ބާރު އަޅާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިނިސްޓްރީގެ ހޮޓްލައިން 7905784 އަށް ގުޅުމަށްވަނީ އެދިފައެވެ.

މި ގްރާންޓަކީ ޖަމިއްޔާތަކުން އާންމުންނާ ގުޅުން ހުރި ޕްރޮގްރާމްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށް ދޭ އެހީއެވެ. މި އެހީގެ ބޭނުމަކީ ކޮވިޑް-19 ގެ ހާލަތްތަކުގައި ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައާއި އާންމުން ކަންކަމުގައި ބައިވެރިކުރުމުގެ މިންވަރު އިތުރު ކުރުމެވެ.

އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކޮމެންވެލްތުގެ މެންބަރު ގައުމުތަކުގެ ޖަމިއްޔާތަކަށެވެ. އެގޮތުން ރާއްޖެ ވެސް މި ލިސްޓުގައި ހިމެނެއެވެ. އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 10 ހާސް ޕައުންޑާއި 30 ހާސް ޕައުންޑު ދިނުމަށް ހަމަޖެހިފައިވަނީ 12 މަހުގެ މުއްދަތެކަށެވެ.

- ކޮމެންޓް