Advertisement
ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 04:27
ގުޅިފައިވާ ޕާޓީތަކުގެ މަޖިލީސް މެންބަރުން
ގުޅިފައިވާ ޕާޓީތަކުގެ މަޖިލީސް މެންބަރުން
ރާއްޖެއެމްވީ
ފަލަސުރުހީ
ރައީސް ޔާމީނަށް އިހްލާސްތެރި މެންބަރުން ވަރަށް މަދު، 42 މެންބަރުގެ ވޯޓު މިހާރުވަނީ ހަމަކުރެވިފަ: އަލީ ހުސައިން
42 މެންބަރުންނަށް ވުރެ ގިނަ މެންބަރުން ގުޅިފައިވާ ޕާޓީތަކުގައި އެބަ ތިބި
މިހާރު މިހިނގާގޮތުން ރައީސް ޔާމީނުގެ ނަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮތުމުގެ ފުރުސަތެއް ނެތް
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަގެ މައްސަލަ ޖޫން މަހު މަޖިލީސް ހުޅުވުމުން ހުށަހެޅޭނެ

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެންބަރުންގެ ވޯޓު ހަމަވެފައިވާ ކަމަށާއި މިއަދު ރައީސް ޔާމީނަށް ތާއީދުކުރާ ތިބީ 13 ވަރަކަށް މެންބަރުން ކަމަށް ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އަލީ ހުސައިން ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް، ބޭނުންވާ އަދަދަށްވުރެ އިތުރަށްވެސް މެންބަރުން ލިބިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ މެންބަރުންވެސް އަންނަނީ އިދިކޮޅު ފަރާތްތަކާއި ގުޅުމަށް ތައްޔާރުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕީޕީއެމް ރައީސް ޔާމީނު ފެކްޝަނުގެ މެންބަރުންގެ ތެރެއިންވެސް ގިނަ މެންބަރުން ރައީސް ޔާމީނަށް ތާއީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ތެރެއިން ރައީސް ޔާމީނަށް އިހްލާސްތެރި މެންބަރުން މަދުކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށެވެ.

 

 އަލީ ހުސައިން ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަގެ މައްސަލަ ޖޫން މަހު މަޖިލީސް ހުޅުވުމުން ހުށަހެޅޭނެ ކަމަށާއި އެކަން ވަރަށް ބާރަށް ފުރިހަމަކުރެވިގެންދާނެ ކަމަށެވެ.

 

"42 މެންބަރުންގެ ސޮޔާ އެކު ހުށަހެޅުމުން މިނިވަން މުއައްސަސާތަކަށް ޚާއްސަކޮށް ޕްރޮސެކިއުޓަރ ޖެނެރަލް އަށް، ކޯޓުތަކުގެ ފަނޑިޔާރުންނަށް، އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރެވޭނެކަން. އެބޭފުޅުންނަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހަކު ނެތް ކަން އެނގޭނެ. އެބޭފުޅުން ކުރައްވާ ހުކުމެއްގެ ސަބަބުން، އެބޭފުޅުން ނެރުއްވާ އަމުރެއްގެ ސަބަބުން އެބޭފުޅުން މަގާމުން ވަކި ނުކުރެވޭނެކަން އެނގޭނެ." އަލީ ހުސައިން ވިދާޅުވި އެވެ.

 

އަލީ ހުސައިން ވިދާޅުވީ، މެންބަރުންގެ މައްޗަށް ކިތައްމެ ވަރަކަށް ދައުވާ ކުރި ނަމަވެސް މިހާރު ވަނީ 42 މެންބަރުންނަށް ވުރެ އިތުރުވެފައި ކަމަށެވެ. މަޖިލީހުގެ ރައިސްގެ އިތުބާރު ނެތް މައްސަލަ ކާމިޔާބުކޮށް ގައުމު އިސްލާހު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީނަށް ވެރިކަމުގައި މާގިނަދުވަހު ނުހުރެވޭނެ ކަމަށާއި އެމަނިކުފާނަށް ވެރިކަމުގައި އެންމެ ގިނަ ދުވަސް ވަންދެންވެސް ހުރެވޭނީ 2018 ވަނަ އަހަރުގެ އިންތިހާބާއި ހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ވެރިކަމުގައި ހުރެވޭނީވެސް އިދިކޮޅު ލީޑަރުން ބޭނުންފުޅުވާނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

 

މިހާރު މިހިނގާގޮތުން ރައީސް ޔާމީނުގެ ނަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮތުމުގެ ފުރުސަތެއް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ފެށި އިސްލާހީ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހުސައިން ވިދާޅުވީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކީވެސް އިންސާފަށް މަސައްކަތް ކުރައްވަންޖެހޭނެ ބައެއް ކަމަށެވެ. ގާސިމް އިބްރާހިމް މިހާރު ހުންނެވީ ވަރަށް ސާބިތުކަމާ އެކު ކަމަށާއި މި މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އިސްލާހީ މަސައްކަތަކީ އެންމެ އާދައިގެ މީހާވެސް ކޯޓަށް ދިއުމުން އޭނާއަށް އިންސާފު ލިބޭނެ ގޮތަށް ކަންތައް ވެގެންދާނެ ދުވަހެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 އޭޕްރިލް 2017 | ހޯމަ 22:36
ހ މ ޒ
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޙަޤީޤަތަކީ ﷲ ތަޢާލާގެ މަދަދާއި ނަޞްރާއި އަދި ރަޙްމަތް އަބަދުވެސް ނުހަނު ގާތުގައިވާކަމެވެ!!!!؟
17 އޭޕްރިލް 2017 | ހޯމަ 20:15
ހ މ ޒ
މާޗު 27ގައި މަސީހުގެ ވޯޓް ކާމިޔާބު ކުރީ 48 ވޯޓުން ކަމަށާއި، ޕީޕީއެމް މިހާރު ކޯލިޝަން މެމްބަރުންގެ އަދަދު 54 އަށް އަރާފައިވާ ކަމަށެވެ!؟
17 އޭޕްރިލް 2017 | ހޯމަ 12:20
ފައސ ބަހނ
ކިނބޫ ކަރުނަ އަޅަނީ !؟