Advertisement
ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 01:31
ރައީސް މައުމޫން - ބިރުދެއްކުން ހުއްޓާލުމަށް ވަނީ ގޮވާލާފައި
ރައީސް މައުމޫން - ބިރުދެއްކުން ހުއްޓާލުމަށް ވަނީ ގޮވާލާފައި
މިހާރު
ޤާސިމްގެ ގެ ބަލާފާސްކުރުން
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
މައުމޫން މިފަދައިން ވިދާޅުވީ ގާސިމްގެ ގެއާޢި އޮފީސް ބަލާ ފާސްކޮށްފައި ވަނިކޮށް
ޤާސިމްގެ ފޯނުވެސް ވަނީ އަތުލާފައި
ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން

މަޖިލީހުގެ މެމްބަރުންނާއި, ރައްޔިތުންނަށް ބިރުދެއްކުން ހުއްޓާލުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފި އެވެ.

 

ރައީސް މައުމޫނު މިފަދައިން ގޮވާލެއްވީ  ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ގެކޮޅާއި ގާސިމްއާއި ގުޅުންހުރި އޮފީސް ތައް ފުލުހުން އާދީއްތަ ދުވަހު ފާސްކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

 

ރައީސް މައުމޫނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި، ކުށެއްނެތް އާއްމު ރައްޔިތުންނަށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން، ބިރުދެއްކުން ހުއްޓާލުމަށް ގޮވާލައްވާ ކަމުގައެވެ.

 

 

ޤާސިމް އިބްރާހީމްގެ ގެކޮޅާއި އޮފީސްތައް ބަލައި ފާސްކޮށްފައިވަނީ "އަދަދު ހަމަވެއްޖެ" ކަމަށް ޤާސިމް ހޮނިހިރު ދުވަހުގެރޭ ވިދާޅުވެފައި ވަނިކޮށް އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ޤާސިމްގެ ފޯނުވެސް ފުލުހުން ވަނީ އާދީއްތަ ދުވަހު އަތުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް