ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 22:35
ފުލުހުންގެ ޕްރެސް ކޮންފަރެންސް
ފުލުހުންގެ ޕްރެސް ކޮންފަރެންސް
ރާއްޖެ އެމްވީ
މަސްތުވާތަކެތީގެ މައްސަލަ
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި
މަސްތުވާތަކެތީގެ އަގު 6 މިލިއަން ރުފިޔާ އަށް އަރާނެ
މި މައްސަލައިގާ 2 މީހުން ހައްޔަރުކޮށްފައިވޭ

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގައި 1.3 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިފި އެވެ.

 

އާދިއްތަ ދުވަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ހެޑް އޮފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ، ހޮނިހިރު ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަގުމަތިން ދެ މީހަކު ބަލާ ފާސްކުރި ކުރުމުން، އެމީހުންގެ އަތުން ބުލެޓް ސައިޒުގެ 100 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

 

މޫސާ އަލީ ވިދާޅުވީ، އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ހޮނިހިރު ދުވަހު 14:45 ގައި ކަމަށެވެ.

 

"ކޯޓު އަމުރެއްގެ ދަށުން، ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ ދިރިއުޅޭ ގެ ބަލާ ފާސްކުރި އިރު 26 ޖޫސް ޕެޓީ ކޮތަޅުގެ މަސްތުވާތަކެތި ފެނިފައިވޭ" މޫސާ އަލީ ވިދާޅުވި އެވެ.

 

 

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެއްސަކާއި 26 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން ބުނެ އެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

"ފުލުހުން ގެ ބަލާ ފާސްކުރި ކުރުމުން އެގެއިން އިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުން ކުރާ ސާމާނު ފެނިފައިވޭ. ބެލެވޭގޮތުގައި މިއީ ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ބައެއް" މޫސާ އަލީ ވިދާޅުވި އެވެ.

 

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓުމެންޓާއި ޑްރަގް އެންފޯސްމެންޓުން ހިންގި ޚާއްސަ އޮޕަރޭޝަންގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ. 

 

 

ފުލުހުން މަސްތުވާތަކެތީގެ މި އޮޕަރޭޝަން ހިންގާފައިވާ އިރު މީގެ ކުރިންވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފަ އެވެ. އެގޮތުން 24 ކިލޯ ގްރާމްގެ މަސްތުވާތަކެތި 2014 ވަނަ އަހަރު ވަނީ އަތުލައިގަނެފަ އެވެ.

އެފަހަރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާނެ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް