ކ. މާލެ
|
6 ސެޕްޓެންބަރ 2020 | އާދީއްތަ 22:59
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނަގަނީ- ފަހަކަށް އައިސް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ނިސްބަތުން ގިނަ
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނަގަނީ- ފަހަކަށް އައިސް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ނިސްބަތުން ގިނަ
އެޑިޝަން.އެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
މިއަދު ޕޮޒިޓިވްވީ 98 މީހުން، 11 މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިން
ބާކީތިބި 87 މީހުންނަކީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި މީހުން
ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 8584ށް އަރާފަ
އެކްޓިވް ކޭސްތަކުގެ އަދަދަކީ 2613

ރާއްޖެއިން އިތުރު 98 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އާދިއްތަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އާދިއްތަ ދުވަހު އިތުރު 98 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 11 މީހުންނަކީ އަތޮޅު ތެރެއިންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި ބާކީ ތިބި 87 މީހުންނަކީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އާދިއްތަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތަފްސީލުތައް ހިއްސާކޮށް އެޗްޕީއޭ އިން އިތުރަށް ބުނީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 72 ދިވެހިންނާއި، 26 ބިދޭސީން ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 8584ށް އަރާފައެވެ.

އޭގެ އިތުރުން، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 5936ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2613 އެވެ.

އެޗްޕީއޭއިން ބުނީ، މިވަގުތު ވެސް 1143 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި 147 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާއިރު، މިހާތަނަށް 120،999 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް