ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 22:08
ޝިފާ މުހައްމަދު ރާއްޖެޓީވީއަށް މައުލޫމާތުދެއްވަނީ
ޝިފާ މުހައްމަދު ރާއްޖެޓީވީއަށް މައުލޫމާތުދެއްވަނީ
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބު
ސިޓީ ކައުންސިލްގެ ބާރުތައް ނަގައިގެންވެސް ސަރުކާރަށް ކޮށްދެނު ކަމެއްނެތް، ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން: ޝިފާ
ގަލޮޅު އުތުރާއި ދެކުނުގެ ކެމްޕެއިންގެ ހަރަކާތްތައް ހިންގުމަށް މިރޭ "ގަލޮޅު ޖަގަހަ" ހުޅުވޭނެ
އެ ޖަގަހައިން ކެމްޕެއިނާއި ވޯޓާ ގުޅުންހުރި މައުލޫމާތުތައް ލިބިގެންދާނެ

ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގި ނަމަވެސް، ސަރުކާރުން ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި ދުވަހަކަށްވުރެ ދުވަހެއް ރައްޔިތުންގެ ނިކަމެތިކަން ދަނީ އިތުރުވަމުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

 

އާދިއްތަ ދުވަހު "އެމްޑީޕީގެ ގަލޮޅު ޖަގަހަ" ގައި "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުއެއްގައި ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްތަކަށް ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވައިފިނަމަ ކައުންސިލްތަކުގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވި ވިދާޅުވުމުން ވެސް ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށް ހިދްމަތް ކުރުމުގައި ކައުންސިލްތައް ހަރަކާތްތެރިވަމުން ދަނިކޮށް، ސަރުކާރަށް އެކަން ގަބޫލު ނުކުރެވިގެން ކަން އެނގޭ ކަމަށެވެ.

 

ޝިފާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ވޭތުވެދިޔަ ދައުރުގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނެތްކަން އޮޑިޓް ރިޕޯޓުންވެސް އެނގޭކަމަށާއި އެހެންކަމުން ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓްދީ އެ ކެންޑިޑޭޓުން އިންތިހާބު ކުރުން އެއީ ރަށްރަށާއި ސިޓީތަކުގެ ތަރައްގީއަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

 

މެއި މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޝިފާ ވިދާޅުވީ އެމްޑީޕީއަކީ ކެންޕެއިން ކުރުމާއި ރައްޔިތުންގެ ހާލު ބެލުމުގައި އަބަދުވެސް ހަރަކާތްތެރިވާ ޕާޓީއެއް ކަމަށެވެ. އެގޮތުން ޝިފާގެ ކެމްޕެއިންގެ ތެރެއިން ގަލޮޅުގެ ގޭގެއަށް ޒިޔާރާތްކުރުމުން ރައްޔިތުން ތިބި ނިކަމެތި ހާލު އެނގިގެންދިޔަ ކަމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

 

ޝިފާގެ އިތުރުން ގަލޮޅު ދެކުނުދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ޝާހީން މަހްމޫދު ވިދާޅުވީ ދޮރުންދޮރަށް ހިނގުމުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންހުރީ ގޯތިގެދޮރުގެ ދަތިކަން ކަމަށެވެ. ތޮއްޖެހިގެން ދިރިއުޅެންޖެހިފައިމިވާ ހާލަތު ބަދަލުކޮށް، ބޯހިޔާވަހިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އެކަންކަންކަމަށް ހައްލެއް ހޯދުމަށް އަންނަ ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށް، އަދި 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދާދެވޭފަދަ ގޮތަކަށް ކަންކަން އިންތިޒާމުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

- ކޮމެންޓް