Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 21:13
ކުރީގެ ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދު
ކުރީގެ ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދު
ރާއްޖެއެމްވީ
އިދިކޮޅު ހަރަކާތް
ސިޔާސީ ފުރައްސާރަކުރުން ރައީސް ޔާމީން ހުއްޓަން ޖެހޭ: ރައީސް ނަޝީދު
ޤާސިމްގެ ގެއާއި އޮފީހަށް ރެއިޑް އެޅުން ޤަބޫލެއް ނުކުރެވޭނެ
ފުލުހުން ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން
ސިޔާސީ ގިނަ ފަރާތްތައް ވަނީ މި މައްސަލައިގައި ފާޑު ވިދާޅުވެފަ

ސިޔާސީ ފުރައްސާރަ ކުރުން ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުއްޓަވާލައްވަން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމް ދިރިއުޅުއްވާ މ. މާފަންނު ވިލާ އާއި، ޤާސިމްގެ ވިޔަފާރި ހިންގާ ވިލާ ހައުސް އަދި ވިލާ ބިލްޑިންގަށް، ކްރިމިނަލް ކޯޓުގެ އަމުރަކާއި އެކު އާދީއްތަ ދުވަހު ފުލުހުން ވަދެ، އެތަންތަން ބަލައި ފާސްކުރުމާއި ގުޅިގެން، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން އެތަންތަނަށް ރެއިޑް އެޅުމަކީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށާ، ސިޔާސީ ފުރައްސާރަ ކުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުއްޓަވާލައްވަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން, ސިޔާސީ އެކި ފަރާތްތަކުން ވަނީ މި މައްސަލައިގައި ކަންބޮޑުވުމާ ނުރުހުން ފާޅުކުރައްވާފައެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު، ޤާސިމް އިބްރާހިމް ދިރިއުޅުއްވާ ގެކޮޅާއި، އެމަނިކުފާނާއި ގުޅުންހުރި ބައެއް އެހެންތަންތަން ބަލައި ފާސްކުރަން ފުލުހުން އެތަންތަނަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވާ، މ. ވިލާ ބިލްޑިންގ ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭނުންވާ ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތައް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުޙުމަތު ކުރެވޭ ކަމަށާ، އަދި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރަމުންދާ ކަމަށް ތުޙުމަތު ކުރެވިފައިވާ ކަމަށްވެސް އަމުރުކުރެވޭ ކަމަށާ، އަދި ސަލާމާތި ބާރުތަކުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމާންކަން ގެއްލުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އާދީއްތަ ދުވަހު ފުލުހުން ހެކި ހޯދުމަށް ކްރިމިނަލް ކޯޓުގެ އަމުރަކާއި އެކު 3 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަން ބަލައި ފާސްކުރި ތުޙުމަތުތައް ތަޙުޤީޤުކޮށް، މި މައްސަލައިގައި ދައުލަތުން ދައުވާކޮށް، މިހާރު ވަނީ މި މައްސަލައިގެ ޝަރީޢަތްވެސް ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް