ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 20:45
ގާސިމް އިބްރާހިމް އެ މަނިކުފާނުގެ މައިވިލާ ބިލްޑިން ސަރަހައްދުގައި
ގާސިމް އިބްރާހިމް އެ މަނިކުފާނުގެ މައިވިލާ ބިލްޑިން ސަރަހައްދުގައި
ރާއްޖެއެމްވީ
ގާސިމްގެ މައްސަލަ
ގާސިމްގެ މައްޗަށް ކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު:ހިސާން
މާފަންނު ވިލާގެ އިތުރުން ވިލާ ހައުސް އާއި ވިލާ ބިލްޑިންވެސް ވަނީ ބަލާފަދަ

ފުލުހުން ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކުރި މާފަންނު ވިލާ އިން، މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

މާފަންނު ވިލާ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިސާން ހުސައިން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލާފާސްކުރި ގާސިމް ދިރިއުޅުއްވަމުންގެންދަވާ ގެ، މާފަންނު ވިލާ އިން މައްސަލައާގުޅޭ ގޮތުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ ގާސިމް ދިރިއުޅޭ ގެ، މާފަންނު ވިލާއާއި، ގާސިމްގެ އޮފީސްތައް ކަމުގައިވާ، ވިލާ ބިލްޑިން އާއި ވިލާ ހައުސްވެސް އާދިއްތަ ދުވަހު ބަލާފާސްކޮށްފަ އެވެ.

ގާތްގަނޑަކަށް 02:00 ހާއިރު ފުލުހުން ގާސިމްގެ ގެއާއި އޮފީސް އިމާރާތްތައް ބަލާ ފާސްކުރަންފެށިއިރު، މިކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބޭނުންވާ ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓްތައް އަނބުރާ ލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހްމަތު ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރަމުންދާ ކަމަށް ތުހްމަތު ކުރެވިފައިވާ ކަމަށް މި އަމުރުގައި ބުނެ އެވެ.

ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި، ގައުމުގެ ސުލުހަ މަސަލަސްކަމާއި އަމާން އަމަންކަން ގެއްލުވާލަން މަސައްކަތް ކުރާ ކަމަށް، ތުހްމަތު ކުރެވޭ މައްސަލައިގައި ވިލާ ބިލްޑިން އާއި މައްސަލަ އާއި ގުޅުންހުރި ތަކެތި ރައްކާކޮށްފައި ހުރި ކަމަށް ބެލެވޭ ގުޅުންހުރި އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

މި ކޯޓު އަމުރަކީ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވާ ނެރެފައިވާ ކޯޓް އަމުރެކެވެ. ވިލާ ހައުސް އާއި މާފަންނު ވިލާވެސް ބަލާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

- ކޮމެންޓް