Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 15:07
ތޮއްޔިބު ޝަހީމް
ތޮއްޔިބު ޝަހީމް
ޓްވިޓަރ
ތޮއްޔިބު
ތޮއްޔިބް ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކޮށްފި
ތޮއްޔިބު ދޫކޮށްލާފައިވަނީ ޝަރުތު ތަކާއެކު

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

 

ހައި ކޯޓުން އެގޮތަށް އަމުރުކުރީ ފުލުހުން ތޮއްޔިބު ޝަހީމް ހައްޔަރު ކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒުރު ކުރުމުން އޭނާގެ ބަންދުގެ މުއްދަތު އިތުކޮށްފައިވާތީ އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

 

ހައި ކޯޓުން އާދީއްތަ ދުވަހު ނިންމާފައިވަނީ ޝަރުތު ތަކާއެކު ތޮއްޔިބު ދޫކޮށްލުމަށެވެ.

 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ ޝަރުތުތަކަކީ ސަރުކާރު ބަދުނާމުކޮށް ވާހަކަ ނުދެއްކުމަށާއި ފުލުހުންގެ ހުއްދަނެތި ރާއްޖޭން ބޭރަށް ނުދިއުމަށާއި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމެވެ. މި ޝަރުތުތައް ދެމިގެންވަނީ 60 ދުވަހައް ކަމަށް ވެސް ހައިކޯޓުގެ އެ އަމުރުގައި ވެއެވެ.

 

އެޗްވަންއެންވަން ވައިރަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ ތޮއްޔިބު ހައްޔަރު ކުރީ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭގަ އެވެ. 

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ތޮއްޔިބްގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ތޮއްޔިބްގެ މައްޗަށް އެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތޮއްޔިބް ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަން މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ތައްޔިބް ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެެދެވިފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

 

ތޮއްޔިބަކީ "ޟަމީރުގެ ގައިދީއެއް" ކަމަށް ކަނޑައަޅައި، އޭނާ ވަގުތުން މިނިވަން ކުރަން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތް، އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ގޮވާލައިފަ އެވެ. 

 

ތޮއްޔިބު ބަންދު ކުރި ފަހުން ވެސް ތޮއްޔިބުގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓް ބަރާބަރަށް އަޕްޑޭޓްކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް