ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 18:47
ރާއްޖޭގެ ފުލުހުން
ރާއްޖޭގެ ފުލުހުން
ވީނިއުސް
ފިނޭންސް މިނިސްޓްރީ
ކުރީސަފުގައި މަސައްކަތް ކުރާ ސިފައިންނާއި ފުލުހުންނަށް އަންނަ ހަފްތާ 80 މިލިއަން ރުފިޔާ ދޫކުރަން ފަށާނެ
އަންނަ ހަފްތާގެ ތެރޭގައި އެލަވަންސް ދޫކުރެވެން ފަށާނެ ކަމަށް ފިނޭންންސް އިން ބުނެއެ
ފުލުހުންގެ ތެރެއިން 3017 މީހުންނަށް އެލަވަންސް ދޫކުރާނެ
ސިފައިންގެ ތެރެއިން 3246 މީހުންނަށް އެލަވަންސް ދޫކުރާނެ

ކޮވިޑް-19 އާއި ގުޅިގެން ކުރީސަފުގައި މަސައްކަތް ކުރި ފުލުހުންނާއި ސިފައިންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިސްޓްރީ އިން ބުނީ ކުރީ ސަފުގައި މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން އެލަވަންސް ދިނުމަށް މިހާތަނަށް އެޕްރޫވް ކޮށްފައިވާ މީހުންގެ އިތުރުން، ދިވެހި ފުލުހުންނާއި ސިފައިންނަށް އެލަވަންސް ދިނުމަށް ނިންމަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމެށެވެ.

އެގޮތުން، ސިފައިންނާއި ފުލުހުންނަށް އެލަވަންސް ނުދެވި ލަސްވެގެން އުޅެނީ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެލަވަންސް ދިނުމުގެ އުސޫލު ރައީސް އޮފީހުން އިއުލާން ކުރުމާއެކު ފުލުހުންނާއި ސިފައިންނަށް އެލަވަންސް ދިނުމަށް ހުރި ކަންބޮޑުވުންތަކެއް ފާހަގަކޮށް ރައީސް އޮފީހާއެކު އިތުރަށް މަޝްވަރާކޮށް އުސޫލު އިސްލާހު ކުރުމަށްފަހު ފާސްކުރުމަށް ދެން މާގިނަ ދުވަހެއް ނުނަގާނެ ކަމަށާއި އުސޫލު ފާސްކުރެވުނުހާ އަވަހަކަށް އެލަވަންސް ދޫކުރަން ފެށޭނެ ކަމަށް މިނިސްޓްރީ އިން ފާހަގަކުރެއެވެ. އަންނަ ހަފްތާގެ ތެރޭގައި އެލަވަންސް ދޫކުރަން މަސައްކަތް ކުރާ ކަމަށާއި މިހާރު އަޅާފައިވާ ޑޭޓާތަކުގެ ތެރެއިން އުނިވާނެ ނުވަތަ ނުވާނެ ފަރާތެއް ބުނަން ދަތިކަމަށް ވެސް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް އިން ބުނީ މި އުސޫލުގައި އެލަވަންސް ދޭންޖެހޭ މީހުން ވަރަށް ރަނގަޅަށް ބުނެދީފައިވާނެ ކަމަށެވެ. އަދި ޑޭޓާ ތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަން ޖެހުނު ސަބަބަކީ ސްޓްރީމް ލައިން ކުރުމަށް ކަމަށާއި ރިސްކް ކެޓަގަރީގައި ހިމެނޭ ފަރާތްތައް ބަދަލުވެގެން އަންނާނެ ކަމަށް މިނިސްޓްރީ އިން ފާހަގަކުރެއެވެ. އެގޮތުން އެމްއެންޑީއެފް އަދި ފުލުހުންގެ ތެރެއިން އެކެޓަގަރީގައި ހިމެނޭނީ ކޮންބައެއްކަން މި މަޝްވަރާތަކުގެ ތެރެއިން ކަނޑައެޅުނު ކަމަށް މިނިސްޓްރީ އިން ބުނެއެވެ.

ސިފައިންގެ ތެރެއިން 3246 މީހުންނަށް ދޭންޖެހޭ ކަމަށާއި، ފުލުހުންގެ ތެރެއިން 3017 މީހަކަށް އެލަވަންސް ދޭންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެއެވެ. އަދި ސަލާމަތީ ބާރުތަކުގެ މީހުންނަށް އެލަވަންސް ދެވުމުން އެލަވަންސް ދޭންޖެހޭ ބޮޑުބަޔަކަށް އެލަވަންސް ދީ ނިމޭނެ ކަމަށް ވެސް ފިނޭންސް އިން ބުނެއެވެ.

ފިނޭންސް އިން ވަނީ މިހާރު ވެސް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެލަވަންސް ދިނުމަށް 2989 އެޕްރޫވްކޮށް، އޭގެތެރެއިން 2948 މީހުންނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެފަރާތްތަކަށް މުޅި ޖުމްލަ 33.5 މިލިއަން ރުފިޔާ ދޫކުރެވޭނެ ކަމަށް ފިނޭންސް އިން ބުނެއެވެ.

މިހާރު ދޫނުކުރެވި ވަނީ 41 މީހުންނަށް ތިން ލައްކަ ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

- ކޮމެންޓް
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 11:04
ަަަައަހަރެން
ޖެހިންގެ އަންނަދުވަހުގެ ސުރުޚީ: މަޖިލިސް މެމް ބަރުން ނަކީ ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންނާ ސިފައިން- ރައީސް ނަޝީދު.