ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 22:38
ކޮވިޑަށް ނަގާފައިވާ ސާމްޕަލްތަކެއް
ކޮވިޑަށް ނަގާފައިވާ ސާމްޕަލްތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 ރާއްޖޭގެ ހާލަތު
5000ށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ
އިތުރު 89 ކޭސް ފެނިފައިވޭ
ވައިރަސް އިން ރަނގަޅުވެފައިވަނީ 111 މީހުން
ރާއްޖެއިން ވައިރަސްއަށް ޖުމްލަ 7667 މީހުން ވަނީ ޕޮޒިޓިވްވެފައި

ރާއްޖެއިން ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ޖުމްލަ 5036 މީހުން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެެވެ.

އެ އެޖެންސީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް ރާއްޖެއިން ވަނީ އިތުރު 89 ކޭސް ފެނިފައެވެ. އެގޮތުން 63 ދިވެހިން ޕޮޒިޓިވްވެފައިވާ އިރު ދެން ހިމެނެނީ ބަންގުލަދޭޝްގެ 20 މީހަކާއި، އިންޑިއާގެ 5 މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ.

މިއަދު ވައިރަސް އިން ރަނގަޅުވެފައިވަނީ 111 މީހުންނެވެ.

މިއާއެކު ރާއްޖެއިން ވައިރަސްއަށް ޖުމްލަ 7667 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 181 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2597ށް އަރާފައެވެ.

ޖުމްލަ 1486 މީހަކު ވަނީ އައިސޮލޭޓް ކުރެވިފައެވެ. މިހާތަނަށް ރާއްޖޭގައި 28 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. އަދި ނިޔާވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

- ކޮމެންޓް