ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 22:45
ޑރ. ނަޒްލާ ރަފީޤު މީގެ ކުރިން އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޑރ. ނަޒްލާ ރަފީޤު މީގެ ކުރިން އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރައީސް އޮފީސް
އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ
ހޯމް ކަރަންޓީން ފުރިިހަމަކޮށް، ޑރ. ނަޒްލާގެ ރިލީޒް ސާމްޕަލް ނަގައިފި
ހޯމް ކަރަންޓީނަށް ދިޔައީ މި މަހުގެ 14 ވަނަ ދުވަހު

އާއިލާ މެމްބަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ހޯމް ކަރަންޓީން ފުރިހަމަކޮށް، ރިލީޒް ސާމްޕަލް ނަގައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މިހާރު ހޯމް ކަރަންޓީން ފުރިހަމަކޮށްފައިވާ ކަމަށާއި ރިލީޒް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ސާމްޕަލް ނެގުމަކީ ވަރަށް އުނދަގޫކަމެއްގެ ގޮތުގައި ނަޒްލާ ވަނީ ސިފަކުރައްވާފައެވެ.

ޑރ. ނަޒްލާ ހޯމް ކަރަންޓީނަށް ދިޔަކަން ހާމަކުރެއްވީ މި މަހުގެ 14 ވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި އޭރު ވިދާޅުވީ އާއިލާ މެމްބަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ޑރ. ނަޒްލާ އޭނާގެ ކޮންޓެކްޓްއަކަށް ވެފައިވާ ކަަމަަށެވެ.

ހޯމް ކަރަންޓީނުގައި ހުންނެވިއިރު ވެސް ޑރ. ނަޒްލާ ގެންދެވީ ގޭގައި ހުންނަވައިގެން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންނަށް ގާތުން މައުލޫމާތު ފޯރުކޮށްދެމުންނެވެ.

ޑރ. ނަޒްލާ އެޗްއީއޯސީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.

- ކޮމެންޓް