Advertisement
ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 18:47
މާފުށި ޖަލު
މާފުށި ޖަލު
ގޫގުލް
ހޫނު ފެން ޖެހުން
މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި
ގައިދީގެ ހަށިގަނޑުގެ އެކި ގުނަވަންތައް ފިހިފައިވާ ކަމަށް މައުލޫމާތު ލިބޭ
ހަމަލާދީފައިވަނީ އޭނާއެކު އެ ގޮޅީގައި ތިބި ގައިދީން ކަމަށް ބުނޭ

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް (ކަރެކްޝަން)ގެ ބެލުމުގެ ދަށުން ހިނގަމުން އަންނަ ކ. މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.

ޖަލުގެ ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ވަހަރްވެ، އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލްއަށް ގުޅާލުމުން ވިދާޅުވީ ކަރެކްޝަންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗަށް ގެންނަ ގައިދީންގެ މައުލޫމާތު ހާމަކުރާނީ ކަރެކްޝަނުން ކަމަށެވެ. އަދި އޭނާގެ ސިއްހީ ހުރިހާ މައުލޫމާތެއް ކަރެކްޝަނާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އައިޖީއެމްޗްގެ އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ކަރެކްޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ހޫނު ފެނުން ގައިދީއަށް ހަމަލާދީފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނެވެ. އޭނާއަށް ހަމަލާދީފައިވަނީ އޭނާއާއެކު އެގޮޅީގައި ތިބި ގައިދީން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އޭނާގެ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ފިހި ހަޒަމްވެފައިވާ ކަމަށާއި ލޮލަށް ވެސް ގެއްލުންތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް