ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 04:41
ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް
ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް
ރާއްޖެ އެމްވީ
އެމްޑީޕީ
ޤާނޫނު އަސާސީއާއި ތަޢާރަޒްވާ މާއްދާތަކަށް ތަބާވާކަށް ނުޖެހޭނެ: އަފީފް
ރާއްޖެ މިއޮތް ހާލަތާއި މެދު އެންމެންވެސް ވިސްނަން އެބަޖެހޭ
ޤާނޫނު އަސާސީއާއި ޙިލާފް ވުމަކީ ބޮޑު ކުށެއް
މިއަދު ހުރިހާ ހައްގުތަކެއް މިވަނީ ބަންދުކޮށްފައި

 އާ ޤާނޫނު އަސާސީ އަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭން ގެނައި ޤާނޫނު އަސާސީއެއް ކަމަށާއި މިޤާނޫނު އަސާސީއާއި ތަޢާރަޒްވާ ކޮންމެ އެއްޗަކީ ބާތިލް އެއްޗެއް ކަމަށްވާއިރު އެއަށް ތަބާވާން ނުޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

 

 

ތިމަރަފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން އަފީފް ވިދާޅުވީ ރާއްޖެ މިއޮތް ހާލަތާމެދު އެންމެންވެސް ވިސްނަން އެބަޖެހޭ ކަމަށާއި ޤާނޫނު އަސާސީގެ މާއްދާތަކަށް ބަދަލު ގެނެސް އެ ޤާނޫނު އަސާސީއާއި ތަޢާރަޒްވާ ކަންކަން ހިމަނައި އެ ކަންކަމަށް ތަބާވަމުންދާ ތަން ކަމަށެވެ.

 

 

ޤާނޫނު އަސާސީއާއި ޙިލާފް ވުމަކީ ބޮޑު ކުށެއް ކަމަށްވާއިރު މިސަރުކާރުން ބޭނުންއިރަކު ބޭނުން ގޮތަކަށް ގާނޫނު އަސާސީ ބަދަލު ކުރަމުންދާއިރު މިކަމާ ދެކޮޅަށް ހައްގު ބަސް ބުނަން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.

 

 

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ސިޔާސީ ފަރާތްތަކާމެދު ނުހައްގު ދައުވާކުރަމުންދާއިރު ރައްޔިތުން އުފައްދަން ބޭނުންވާ ވެރިކަމެއް އުފައްދަން އެޅޭ ހުރަހަކަށް މިކަން ވެގެންނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

 

 

ޒިންމާ ފުރިހަމައަށް އަދާ ކުރުމަކީ އަފީފު ވިދާޅުވި ގޮތުގައި، ވެރިއަކަމުގައި ހުންނަ ބޭފުޅަކު އެދިވަޑައިގަންނަވާ ގޮތަށް ކަންތައް ކުރުމެއް ނޫނެވެ. މިއަދު ހުރިހާ ހައްގުތަކެއް މިވަނީ ބަންދުކޮށްފައި ކަމަށްވާއިރު ނޫސްވެރިންގެ ހައްގާއި އެއްވެ އުޅުމުގެ ހައްޤާއި މިނޫންވެސް ކިތަންމެ ކަމެއް ޤާނޫނު އަސާސީއާ ތަޢާރަޒުވާ ގޮތަށް ބަދަލުކޮށް އަމަލު ކުރަމުންދާ ކަމަށް އަފީފް ވިދާޅުވި އެވެ.

 

 

 މިވެރިކަމަށް ނިމުމެއް އަންނާނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން، ޤާނޫނު އަސާސީއަށް އިހްމާލުވާ ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ދިމާވާ ކަންތައްތަކުން ދެރަ ނިކަމެތިކަން އިހްސާސް ކުރަންޖެހޭނީ ހަމަ އެމީހުން ކަމަށްވެސް އަފީފް ވިދާޅުވި އެވެ.

 

 

ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތު ދިނުމުން ކަންތައް ވެގެންދިޔަ ގޮތް ފެނުނުއިރު މި ރާޢްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ހިނގާފައި އޮތީ ރައީސް ޔާމިންގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.

 

މިސަރުކާރަށް ވޯޓްދީގެން ލިބިދާނެ އެއްވެސް ފާއިދާއެއް ނެތް ކަމަށާއި އިންސާފް ޤާއިމް ކުރުމަށް ތިލަފަތަށް ވޯޓްދޭން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.

- ކޮމެންޓް