ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 07:00
މާލޭގައި 3 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް؛ ހޯމަ ދުވަހުގެ ރޭ ސިނަމާލެ ބުރިޖުމަތިން ވެސް އެކްސިޑެންޓެއް ވެފައިވޭ
މާލޭގައި 3 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް؛ ހޯމަ ދުވަހުގެ ރޭ ސިނަމާލެ ބުރިޖުމަތިން ވެސް އެކްސިޑެންޓެއް ވެފައިވޭ
ޓްވިޓަރ
ބުރިޖުމަތީގައި އެކްސިޑެންޓުވުން
ބުރިޖުމަތީގައި 5 ސައިކަލް އެކްސިޑެންޓުވެ 5 މީހަކަށް އަނިޔާވެއްޖެ
އެކްސިޑެންޓު ހިނގީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއާއި ގާތްވެފައިވަނިކޮށް
އެކްސިޑެންޓުވި 5 ސައިކަލުގެ ތެރެއިން 1 ސައިކަލު ވަނީ ފިލާފައި
5 މީހަކަށް އަނިޔާވެ 3 ސައިކަލަށް ބޮޑެތި ގެއްލުންވި

ބުރިޖުގެ ސައިކަލު ލޭނުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ 5 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ 7:50 ހާއިރު ސިނަމާލެ ބުރިޖު ސައިކަލު ލޭނުގައި މަޑުކޮށްގެން އިން ސައިކަލެއްގައި، ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުވި 2 ސައިކަލުގައި އިތުރު 3 ސައިކަލެއް ޖެހިގެން އެކްސިޑެންޓު ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި 5 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި 3 ސައިކަލަކަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ 1 ސައިކަލު އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް
25 އޯގަސްޓް 2020 | އަންގާރަ 09:00
ގުއިއްޒު
ބްރިޖް މަތީގައި މަޑުކޮށްގެން އިންނާނީ ހަމަ މީހެއް ނޫން. އެކަހަލަ މީހުން ދެނެގަންނަ ޑިވައިސްއެއް ފުލުހުން ގެންގުޅެނިކޮށް ތިކަހަލަ އެކްސިޑެންޓްތަކުގެ މައްސަލަތައް ހައްލުވެދާނެ.