ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 22:49
އޭނާ ނިޔާވިއިރު، ފަރުވާދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގައި.
އޭނާ ނިޔާވިއިރު، ފަރުވާދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގައި.
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް ޖެހިގެން 2 މަރު!
އޭނާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ 08:02 ގައި
ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް
މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 26 ވަނަ މީހާ

ރާއްޖެއިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ބަންގްލަދޭޝް ރައްޔިތަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވިއިރު، ފަރުވާދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް16) ގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އޭނާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ 08:02 ގައި ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

އެޗްޕިއޭއިން ބުނީ، އޭނާ ޕޮޒިޓިވް ވެފައިވަނީ މި ހިނގާ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 26 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ހުކުރު ދުވަހު ވަނީ ދިވެއްސެއް ވެސް ނިޔާވެފައެވެ. އެގޮތުން ކޮވިޑް-19 ޖެހިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީީ ނިޔާވެފައިވާކަން އެމްއެންޑީއެފުން ވަނީ ހާމަ ކޮށްފައެވެ.

- ކޮމެންޓް