ކ. މާލެ
|
20 އޯގަސްޓް 2020 | ބުރާސްފަތި 07:41
ބީއެމްއެލް މޮބައިލް އެޕްލިކޭޝަން
ބީއެމްއެލް މޮބައިލް އެޕްލިކޭޝަން
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ދެފަހަރަށް ފައިސާ ކެނޑުނު މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި: ބީއެމްއެލް
ފައިސާ ކެނޑެން ދިމާވި ސަބަބު ހާމަކޮށްފައެއް ނުވޭ

ކަސްޓަމަރުންގެ ޑެބިޓް ކާޑުން ދެފަހަރަަށް ފައިސާ ދެފަހަރަށް ފައިސާ ކެނޑުނު މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާއިރު މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވި އެއްބާރުލުމާއި ކެތްތެރި ކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކަސްޓަމަރުންގެ އެކައުންޓުން ފައިސާތައް ދެ ފަހަރަށް ކެނޑިގެން ބައެއް އާންމުން ވަނީ އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އާންމުންގެ އެކައުންޓުތަކުން ދެ ފަހަރަށް ފައިސާ ކެނޑިފައިވާ މައްސަލަ ފެންމަތިވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

- ކޮމެންޓް