ކ. މާލެ
|
14 އޭޕްރިލް 2017 | ހުކުރު 15:58
އިންޑިއާގެ ފޮރިން ސެކެޓްރީ ޑރ. ޖައިޝަންކަރު ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް
އިންޑިއާގެ ފޮރިން ސެކެޓްރީ ޑރ. ޖައިޝަންކަރު ރައީސް ޔާމީނާ ބައްދަލު ކުރައްވަނީ. ފޮޓޯ:ރައީސް އޮފީސް
ރައީސް އޮފީސް
ޖައިޝަންކަރު
ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކާ ގުޅޭ ގޮތުން  ޖައިޝަންކަރާ އެކު ރައީސް މަޝްވަރާކުރައްވައިފި
އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނޭ

ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާއި ބެހޭ ގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ރައީސް އަބްުދުﷲ ޔާމީން މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އިންވެސްޓްމެންޓްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ ޖައިޝަންކަރާއެކު ރައީސް އޮފީހުގައި ބުރާސްފަތިދުވަހު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިޔާއާ ދޭތެރޭގައި ޤާއިމްކޮށްފައިވާ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމާއި ތަރައްޤީއަށް އިތުރު ހަރުދަނާކަމެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި  އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން  އިންޑިއާ އެކު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ޝައުގުވެރިކަން ވެސް ވަނީ ފާޅު ކުރައްވާފައެވެ. އިންޑިއާގެ އެހީތެރިކަމާ އެއްބާރުލުން އަބަދުވެސް ރާއްޖެއަށް ލިބޭނެ ކަމަށް ޖައިޝަންކަރު ވިދާޅުވި ކަމަށް ރައިސް އޮފީހުން ބުނެއެވެ.

ކުއްލި ދަތުރެއްގައި ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ ބުދަދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހް ވަރަށް ބޮލަށް ހަލަބޮލިވެފައިވާ ދުވަސްވަރެއްގައެވެ.

 

- ކޮމެންޓް
14 އޭޕްރިލް 2017 | ހުކުރު 17:46
Muhammad
Kulli dhathureggai hama e vaahaka ahaalantha are. Here's.heeee